ގަވައިދާ ހިލާފަށް މަޝްރޫތައް ދިންކަމަށް ބުނެ އެމްޑީޕީން އޭސީސީއަށް މައްސަލަ ހުށަހަޅައިފި

Advertisement

އެންމެ ފަސް

Advertisement

ސަރުކާރުން އަމިއްލަ ކުންފުނިތަކާ މިދިޔަ ހަފްތާ ތެރޭގައި ހަވާލު ކުރި 206 މަޝްރޫއަކީ މާލިއްޔަތު ގަވައިދާ ހިލާފަށް ހަވާލު ކުރި މަޝްރޫތަކެއްކަމަށް ބުނެ އެމްޑީޕީން އެ މައްސަލަ އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފި އެވެ.

މި މަޝްރޫތަކަކީ ބާސެލޯ ނަސަންދުރާގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ސޮއި ކުރެވިގެން ދިޔަ މަޝްރޫތަކެކެވެ. މި 206 މަޝްރޫއައް ޖުމުލަ 2.7 ބިލިއަން ރުފިޔާ ހޭދަވާނެކަމަށް ސަރުކާރުން ބުނެ އެވެ.

މި މަޝްރޫއުތައް ހަވާލުކުރީ ބީލަމަށް ނުލައި، އެކި ފަރާތްތަކާ ހަވާލުކުރެވޭ ގޮތަށް މާލިއްޔަތު ގަވާއިދަށް ގެނައި އިސްލާހުގެ ދަށުން، ސިންގަލް ސޯސް ޕްރޮކިއުމަންޓް އުސޫލުން ހިންގާ ގޮތަށެވެ.

އެމްޑީޕީން މި މައްސަލަ އޭސީސީއަށް ހުށަހެޅީ، ހޮނިހިރު ދުވަހުގެ ރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލިސް ޖަލްސާއިން ފާސްކުރި ގަރާރަކާ އެއްގޮތަށެވެ. އެ ގަރާރުގައި ވަނީ އެ މަޝްރޫއުތަކަށް ބޭންކުން ފައިސާ ދޫކުރުން ހުއްޓުވަން ވަގުތީ އަމުރެއް ނެރެދޭން އެދި ކޯޓަށް ހުށަހެޅުމަށާއި، އެ މައްސަލަ އޭސީސީއަށް ހުށަހަޅަން ގޮވާލައިފަ އެވެ. މި ގަރާރު އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ސަލީމް އެވެ.

މި ގަރާރުގައި ވަނީ އެ އެއްބަސްވުންތައް ވަގުތުން ބާތިލުކުރުމަށް ސަރުކާރަށް ގޮވާލާފަ އެވެ. އަދި އެ މައްސަލަ ބަލަން ކަމާ ބެހޭ އިދާރާތަކަށް ގޮވާލުމާ އެކު، އެ މައްސަލަ ނުބަލައިފި ނަމަ އެމްޑީޕީގެ ވެރިކަމެއްގައި އެ މުއައްސަސާތަކުގެ މެންބަރުން ވަކިކޮށް ފިޔަވަޅު އަޅާނެކަމަށް ގަރާރުގައި ބުނެފައިވެ އެވެ.

އެ ގަރާރު ފާސްކުރީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.

އެމްޑީޕީ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ