މި އަހަރު ނިމުމުގެ ކުރިން މާލޭގައި 3،000 ހައުސިންގ ޔުނިޓް އެޅުމުގެ މަޝްރޫއެއް ފަަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ އިއުލާން ކުރައްވައިފި އެވެ.
ރައީސް މުއިއްޒު މިކަން އިއުލާން ކުރެއްވީ ޕީއެންސީން މިރޭ ކުރިއަށް ގެންދިޔަ ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޖަލްސާގައި އެމަނިކުފާނު ބައިވެރިވެ ވަޑައިގެންނެވީ ޅ. މާފިލާފުށިީގައި، ދިވެހި ވަތަނީ ހިދުމަތް އިފްތިތާހު ކުރުމަށް ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ފަހު އެނބުރި މާލެ ވަޑައިގެންނެވުމަށް ފަހު އެވެ.
މި މަޝްރޫޢަކީ އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން އިމާރާތްކުރުމަށް ނިންމާފައިވާ 4،000 ހައުސިންގ ޔުނިޓްގެ އިތުރުން ކުރިއަށް ގެންދާނެ މަޝްރޫޢެއް ކަމަށް ރައީސް ވިދާޅުވި އެވެ. އެހެންކަމުން މާލެ ސަރަހައްދުގައި ޖުމްލަ 7،000 ހައުސިން ޔުނިޓު އެޅިގެން ދާނެ އެވެ.
މާލޭގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލެއް ހޯދުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، މި މަޝްރޫޢަކީ އެ މަސައްކަތުގެ ތެރެއިން އަނެއް ފިޔަވަޅެއް ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބޯހިޔާވަހިކަން ކޮންގްރެސް ޕާޓީ ޕީއެންސީ ހައުސް