އިމިގްރޭޝަނުން އަތޮޅުތަކުގައި ގާއިމުކޮށްފައިވާ އޮފީސްތަކުން 960 ޕާސްޕޯޓް ދޫކޮށްފި

Advertisement

އެންމެ ފަސް

Advertisement

މޯލްޑިވްސް އިމިގްރޭޝަނުން އަތޮޅުތަކުގައި ގާއިމުކޮށްފައިވާ އޮފީސްތަކުން މިދިޔަ ސެޕްޓެމްބަރު މަހު 960 ޕާސްޕޯޓް ދޫކޮށްފި އެވެ.

އިމިގްރޭޝަނުން ހާމަކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި މުޅި ރާއްޖެއިން މިދިޔަ މަހު ޖުމުލަ 3،884 ޕާސްޕޯޓް ދޫކޮށްފައިވާއިރު، 3،897 އެޕްލިކޭޝަން ޕްރޮސެސްކޮށްފައިވެ އެވެ.

މާލެ ސަރަހައްދުން އެންމެ ގިނަ ޕާސްޕޯޓް ދޫކޮށްފައިވަނީ މާލެއިންނެވެ. މާލެއިން 2،115 ޕާސްޕޯޓް ދޫކޮށްފައިވާއިރު، ހުޅުމާލެ ފުރަތަމަ ފިޔަވަހިން 386 ޕާސްޕޯޓް، ހުޅުމާލެ ދެވަނަ ފިޔަވަހިން 367 ޕާސްޕޯޓް އަދި ވިލިމާލެއިން 36 ޕާސްޕޯޓް ދޫކޮށްފައިވެ އެވެ.

އަތޮޅުތަކުގެ ތެރެއިން އެންމެ ގިނަ ޕާސްޕޯޓް ދޫކޮށްފައިވަނީ އައްޑޫ ސިޓީގެ މަރަދޫއިންނެވެ. މަރަދޫއިން 146 ޕާސްޕޯޓް ދޫކޮށްފައިވާއިރު، ހދ. ކުޅުދުއްފުށި ސިޓީން 144 ޕާސްޕޯޓް، ލ. ފޮނަދޫއިން 122 ޕާސްޕޯޓް އަދި ގދ. ތިނަދޫ ސިޓީން 111 ޕާސްޕޯޓް ދޫކޮށްފައިވެ އެވެ.

ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އައިޑީ ކާޑާއި ޕާސްޕޯޓް ހައްދައި ދޫކުރުމުގެ ޚިދުމަތް ގާއިމުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. މި ވައުދު ފުއްދުމަށް ސަރުކާރުން މިދިޔަ އަހަރުގެ ނޮވެމްބަރު 16 ވަނަ ދުވަހު ޚާއްސަ މަސައްކަތްތަކެއް ފަށައި، މިހާރު ވަނީ އެ ވައުދު ފުއްދާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިމިގްރޭޝަން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ