އަބްދުއްރަހްމާން މަރާލި މައްސަލަ: އާޝިދުގެ ބަންދަށް އިތުރު 30 ދުވަސް

Advertisement

އެންމެ ފަސް

Advertisement

މިދިޔަ ޖުލައި މަހުގެ 13 ވަނަ ދުވަހުގެ ރޭ ދަންވަރު އއ. މާޅޮހުގައި ރަހުމުކުޑަގޮތަކަށް ހަމަލާދީ މަރާލި އަބްދުއްރަހުމާން އާދަމްގެ މަރުގެ މައްސަލައިގައި ހައްޔަަރުކުރި އއ. މާޅޮސް، ފިޔަ، އަހުމަދު އާޝިދުގެ ބަންދަށް އިތުރު 30 ދުވަހުގެ މުއްދަތެއް ދީފި އެވެ.

އަބްދުއްރަހްމާން މަރާލި މައްސަލައިގައި ހައްޔަރުކުރީ:

  • އއ. މާޅޮސް، ފިޔަ، އަހުމަދު އާޝިދު (27 އަހަރު)
  • އއ. މާޅޮސް، ލިލީފެހި، މުހައްމަދު ވިޝާމް (22 އަހަރު)
  • އއ. މާޅޮސް، ފިނިވާގޭ، އަހުމަދު ފާރިސް (27 އަހަރު)

މި މައްސަލައިގައި ވިޝާމް އަދި ފާރިސް ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. އަދި އާޝިދުގެ ބަންދަށް ފުރަތަމަ ދީފައިވަނީ ފަސް ދުވަހުގެ މުއްދަތެކެވެ. އޭގެފަހުން އޭނާގެ ބަންދަށް 30 ދުވަހުގެ މުއްދަތެއް ދީފައިވެ އެވެ.

”ޖަވިޔަނި“ އަށް މައުލުމާތުދެމުން ފުލުހުން ބުނެފައިވަނީ، އާޝިދުގެ ބަންދު މުއްދަތު އިތުރު ކުރުމަށް ކޯޓަށް ގެންދިއުމުން މިދިޔަ މަހުގެ 25 ވަނަ ދުވަހު އޭނާގެ ބަންދަށް އިތުރު 30 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.

މި މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން އިއްޔެ ވަނީ ”ޖަވިޔަނި“ އަށް މައުލޫމާތުދީފަ އެވެ.

މައްސަލައިގެ ފަސްފަހަތް

އުމުރުން 65 އަހަރުގެ އަބްދުއްރަހްމާން ނިދާފައި އޮއްވައި ލާއިންސާނީ ހަމަލާއެއްދީ އޭނާ ޒަހަމުކޮށްލީ މިދިޔަ މުހުގެ 13 ވަނަދުވަހުުގެ ރޭ ދަންވަރު 1:15 އެހާކަންހާއިރު އެވެ. މިހާތަނަށް ބެލިބެލުމުން އޭނާ މަރާލަފައިވަނީ މަރުތޭލެއް ޒާތުގެ އެއްޗަކުން ބޮލުގެ ފުއްކިބައިގައި ޖަހައި އެކިވަރުގެ ޒަހަމްތައްދީގެންނެވެ.

އަބްދުއްރަހުމާނަށް ދިން ހަމަލާގެ މައުލޫމާތު ލިބުމާ އެކު، ފުލުހުންގެ ޓީމުތައްވަނީ އެރަށުގައި ހަރަކާތްތެރިވެފަ އެވެ.

އެރަށުން ވާހަކަދެއްކި ބައެއް މީހުން ބުނާގޮތުގައި އޭނާގެ ސިކުނޑީގެ ބައެއްވެސް ފެންނަންއޮތް ކަމަށާއި، ލޯ ކައިރިވެސް ވަރަށް ބޮޑަށް ދުޅަވެފައިވާ ކަމަށްވެ އެވެ.

މި މައްސަލައިގައި ފުލުހުން ވަނީ އަބްދުއްރަހްމާންގެ ހަށިގަނޑު ރާއްޖޭއިން ބޭރަށް ފޮނުވައިގެން ޕޯސްޓްމޯޓަމްވެސް ހަދާފަ އެވެ.

އއ. މާޅޮސް އަބްދުއްރަހްމާންގެ މަރު ދިވެހި ފުލުހުންގެ ޚިދުމަތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ