ހެނދުނު ހެންވޭރު އަދިި މާފަންނުން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

Advertisement

އެންމެ ފަސް

Advertisement

މިއަދު ހެނދުނު ހެންވޭރު އަދި މާފަންނު ސަރަހައްދުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނެފި އެވެ.

ސްޓެލްކޯއިން މިރޭ ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުގައި ކުންފުނީގެ ޑިސްޓްރިބިއުޝަން ނެޓްވޯކުގައި ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި ހެނދުނު 6:00 އާއި 6:30 އާ ދެމެދު މާފަންނާއި ހެންވޭރު ސަރަހައްދުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓު ކެނޑިދާނެ އެވެ.

މި މަސައްކަތުގެ ސަބަބުން ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މަޢާފަށް އެދިފަ އެވެ. އަދި މި މަސައްކަތަކީ ކޮންމެހެން ކުރަންޖެހޭ މަސައްކަތެއްކަން ފާހަގަކޮށްފައިވެ އެވެ.

ފާއިތުވި ދުވަސްތަކުގައި މުޅި މާލެއިން ކަރަންޓު ކެނޑުމުގެ މައްސަލަތަކާ ގުޅިގެން ސްޓެލްކޯއަށް ފާޑުކިޔުންތައް އަމާޒުވެފައިވީ ނަމަވެސް، އައު މެނޭޖްމަންޓާއެކު މި މައްސަލަ ވަނީ ހައްލުކޮށްފަ އެވެ. މިގޮތުން ކަރަންޓު ކެނޑުނިޔަ ނުދިނުމަށްޓަކައި ގެންނަންޖެހޭ އަޕްގްރޭޑިންގ މަސައްކަތްތަކާއި އިންޖީންތައް އޯވަހޯލްކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރިއަށެވެ.

ސްޓެލްކޯއިން މާލޭގެ ކަރަންޓު ގްރިޑް އަޕްގްރޭޑްކުރުމުގެ މަސައްކަތް ދަނީ އަބަދުވެސް ކުރަމުންނެވެ. މިފަދަ މަސައްކަތްތަކަކީ ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތް އިތުރަށް ރަނގަޅުކުރުމަށް ކުރެވޭ މަސައްކަތްތަކެއް ކަމަށް އެ ކުންފުނިން ފާހަގަކުރެ އެވެ.

ސްޓެލްކޯ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ