ވީޓޯ ކުރުމުގެ ބާރު ނިމުމަކަށް ގެނެސް ސަލާމަތީ މަޖިލީހުގެ މުޅި އޮނިގަނޑު އިސްކުރަންޖެހޭ: ރާއްޖެ

Advertisement

އެންމެ ފަސް

Advertisement

އދ. ގެ ސަލާމަތީ މަޖިލީހުގެ ވީޓޯ ކުރުމުގެ ބާރު ނިމުމަކަށް ގެނެސް، މަޖިލީހުގެ މުޅި އޮނިގަނޑު އިސްލާހުކުރަންޖެހޭ ވަގުތު އައިސްފައިވާ ކަމަށް ރާއްޖެއިން އދ. ގެ އާންމު މަޖިލީހުގައި ގޮވާލައިފިއެވެ.

އދ. ގެ އާންމު މަޖިލީހުގައި ރާއްޖެ ތަމްސީލުކުރައްވަމުން ހާރިޖީ ވަޒީރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވީ ބައިނަލްއަގުވާމީ ގާނޫނު ހަމަހަމަކަމާއެކު ހުރިހާ މެމްބަރު ގައުމުތަކުގެ މައްޗަށް ތަންފީޒު ނުކުރެވޭ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ބައިނަލްއަގުވާމީ ނިޒާމަށް އޮތް އިތުބާރު ގެއްލެމުންދާ ކަމަށް ވެސް ފާހަގަކުރައްވާފައިވެއެވެ.

ފަލަސްތީނުގައި އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމަށް އަލިއަޅުއްވާލައްވަމުން ހަލީލް ވިދާޅުވެފައިވަނީ، އިޒްރޭލުން ތަކުރާރުކޮށް ބައިނަލްއަގުވާމީ ގާނޫނުތަކާއި ހިލާފުވެ، ބައިނަލްއަގުވާމީ ކޯޓުތަކުގެ އަމުރުތަކާއި އދ. ގެ ގަރާރުތަކަށް ގޮންޖަހަމުންދާ ކަމަށެވެ. ”ފަލަސްތީނުގައި އިޒްރޭލުން ހިންގާ ނަސްލު ނައްތާލުމުގެ އަމަލުތަކަށް ވާގިދެނީ ބައިނަލްއަގުވާމީ އިންސާފުގެ ނިޒާމު ބިނާކުރި ގައުމުތަކުން. ގަރުނުގެ އެންމެ ބޮޑު ލަދު، އެއީ ފަލަސްތީނުގައި ހިންގަމުންދާ ގަތުލުއާމު ނުފެނި ތިބި ތިބުން“ ކަމަށް ހަލީލް ވިދާޅުވިއެވެ.

އދ. ގެ އޮނިގަނޑަށް ބޮޑެތި ބަދަލުތައް ގެނައުމަކީ މިހާރު ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ފާހަގަކުރައްވަމުން، ވީހާވެސް ގިނަ ގައުމުތަކެއް ތަމްސީލުވާ ގޮތަށް ސަލާމަތީ މަޖިލިސް އެކުލަވާލުމަށާއި، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ވެސް ގޮނޑިއެއް ހާއްސަކުރުމަށް ހަލީލް ގޮވާލެއްވިއެވެ.

”އެންމެ މުހިންމު ކަމަކީ، ވީޓޯ ކުރުމުގެ ބާރަށް ނުސިހޭ ސަލާމަތީ މަޖިލީހެއް އެކުލަވައިލުން“ ކަމަށް ހަލީލް ވިދާޅުވިއެވެ.

މީގެއިތުރުން ހަލީލްގެ ވާހަކަފުޅުގައި ތިމާވެށީގެ ދާއިރާއަށް ވެސް އަލިއަޅުއްވާލައްވާފައިވެއެވެ. އެގޮތުން ތިމާވެށީގެ ދާއިރާއިން ލިބޭ ގެއްލުންތަކުން އަރައިގަނެ، ތަރައްގީއަށް ބޭރުން ނަގާ ދަރަންޏަށް ލުއި ނުލިބި، ކުދި ގައުމުތަކުގެ ވިލުންތެރިކަމާއި ތަޢުލީމާއި ސިއްޙަތު ފަދަ އަސާސީ ކަންކަމަށް ކުރިމަތިވެފައިވާ މާލީ ދަތިކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެއެވެ.

ރާއްޖެ - އދ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ