ފޮރިން ސެކްރެޓަރީގެ މަގާމަށް އިނާޔާ އައްޔަންކޮށްފި

Advertisement

އެންމެ ފަސް

Advertisement

ފޮރިން ސެކްރެޓަރީގެ މަގާމަށް ފާތިމަތު އިނާޔާ އަނެއްކާވެސް އައްޔަންކޮށްފި އެވެ.

އިނާޔާ ފޮރިން ސެކްރެޓަރީގެ މަގާމަށް ފުރަތަމަ އައްޔަންކުރީ 12 ޑިސެމްބަރު 2023ގަ އެވެ.

އެ މަގާމަށް އައްޔަންކުރިތާ ފަސް މަސް ފަހުން، މިދިޔަ މޭ މަހުގެ ތެރޭގައި އެ މަގާމުން އޭނާ ވަކިކުރި އެވެ. އެ މަގާމުން ވަކިކުރި ފަހުން އަލުން އެ މަގާމަށް އައްޔަންކުރުމާ ހަމައަށް އިނާޔާ ހުންނެވީ ފޮރިން މިނިސްޓްރީގެ ސެކްރެޓަރީގެ މަގާމުގަ އެވެ.

އެނގިފައިވާ ގޮތުގައި، އިނާޔާ އެ މަގާމަށް އަލުން އައްޔަންކުރީ މިދިޔަ އަންގާރަ ދުވަހު އެވެ.

އިނާޔާއަކީ ހާރިޖީ ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވައިގެން ހުންނެވި އަދި އެ ދާއިރާގެ ގިނަ ދުވަސްތަކެއްގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ.

އިނާޔާއަކީ، ރާއްޖޭގެ ފޮރިން ސެކްރެޓަރީގެ މަގާމަށް އައްޔަންކުރި ފުރަތަމަ އަންހެން ބޭފުޅާ އެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ