ދިއްދޫގައި 5 ބުރީގެ ހޮސްޕިޓަލެއް އެޅުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

Advertisement

އެންމެ ފަސް

Advertisement

ހއ. ދިއްދޫގައި ފަސް ބުރީގެ ހޮސްޕިޓަލެއް އެޅުމުގެ މަޝްރޫޢު 185.6 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަހްމަދު ގާސިމެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަހްމަދު ޝަރަފް އަބްދުލް ރަހްމާނެވެ.

ދިއްދޫގައި އަޅާ ހޮސްޕިޓަލުގެ ކުރެހުމެއް.

ހެލްތު މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުން، މި މަޝްރޫޢު ނިންމުމަށް ދެވިފައިވަނީ 780 ދުވަހުގެ މުއްދަތެކެވެ. 50 އެނދުގެ މި ހޮސްޕިޓަލުގައި ގިނަ ހިދުމަތްތަކެއް ހިމެނޭނެ އެވެ. އެގޮތުން މި ހޮސްޕިޓަލުގައި އައިސޮލޭޝަން ފެސިލިޓީއެއްގެ އިތުރުން ރޭޑިއޮލޮޖީ ޑިޕާޓްމަންޓެއް ގާއިމުކުރެވޭނެ އެވެ. މީގެ ތެރޭގައި އެކްސްރޭ، ސީޓީ، އެމްއާރުއައި، މެމޯގްރަފީ އަދި އަލްޓަރާސައުންޑް ސްކޭންގެ ހިދުމަތް ހިމެނެ އެވެ. މީގެ އިތުރުން ވޭސްޓް މެނޭޖްމަންޓް ސެންޓަރާއި، ލޯންޑްރީ އަދި އޮކްސިޖަން ޕްލާންޓެއްވެސް މި ހޮސްޕިޓަލުގައި ގާއިމުކުރެވޭނެ އެވެ.

ހެލްތު މިނިސްޓްރީން ބުނީ މި ހޮސްޕިޓަލަކީ ޒަމާނީ ފެންވަރަކަށް ގާއިމްކުރެވޭ ޖާގަ ތަނަވަސް ހޮސްޕިޓަލް އިމާރާތަކަށް ވެގެންދާނެ ކަމަށެވެ.

ހއ. ދިއްދޫ މިނިސްޓްރީ އޮފް ހެލްތް މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ