މިލަންދޫ ބަނދަރުގެ 55 އިންސައްތަ މަސައްކަތް ނިމިއްޖެ

Advertisement

އެންމެ ފަސް

Advertisement

ށ. މިލަންދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ 55 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް، މި މަޝްރޫއު ކުރިއަށް ގެންދާ ދިވެހިރާއްޖޭގެ އެންމެ ބޮޑު ކޮންޓްރެކްޓިން ކުންފުނި ކަމަށްވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

އެމްޓީސީސީން ހާމަކުރެއްވި ގޮތުގައި، މިލަންދޫ ބަނދަރު މަސައްކަތުގެ ތެރެއިން މިހާރު އެންމެ ބާރަށް ކުރިއަށް ދަނީ 20 މީޓަރުގެ ބްރިޖްގެ ރެއިންފޯސްމަންޓް އަދި ޝަޓަރިން މަސައްކަތެވެ.

މި މަޝްރޫއަކީ 76.44 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އެމްޓީސީސީއާ މި މަސައްކަތް ހަވާލުކުރެވުނީ 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހުއެވެ.

މި ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ބޮޑެތި މަސައްކަތްތަކެއް ހިމެނެ އެވެ. އޭގެ ތެރޭގައި 96،700 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކުރުން (ޑްރެޖިން) ހިމެނެ އެވެ. މީގެ އިތުރުން، 583 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 93 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނެ އެވެ.

ބަނދަރުގެ އެތެރޭގެ އިންފްރާސްޓްރަކްޗަރގެ ގޮތުން، 311 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި (ކުއޭ ވޯލް) ލުމާއި، 3789 އަކަ މީޓަރުގެ ސަރަޙައްދެއްގައި ކޮންކްރީޓް ޕޭވްމަންޓް ޖެހުން ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެ އެވެ. މި މަސައްކަތްތަކުގެ ސަބަބުން މިލަންދޫގެ ރައްޔިތުންނަށް ބަނދަރުގެ ޚިދުމަތްތައް ފަސޭހަވެ، ރައްކާތެރިކަން އިތުރުވާނެ އެވެ.

މީގެ އިތުރުން، ބަނދަރުގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމަށްޓަކައި ބަނދަރު ބައްތިއާއި، ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާނެ ކަމަށް އެމްޓީސީސީން ބުނެފައިވެ އެވެ.

ށ. މިލަންދޫ މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ