ރ. ދުވާފަރުގައި ނިޔަމި ކޯސް ދޭއް ގެ ތަމްރީނު ޕްރޮގްރާމް ފަށައިފިއެވެ.
ފިޝަރީޒް މިނިސްޓްރީ އިން މައުލޫމާތު ދިން ގޮތުގައި މި ތަމްރީނު ޕްރޮގްރާމް ފަށާފައިވަނީ މި އަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ ހަރަކާތްތަކާ ގުޅުވާގެންނެވެ. މި ކޯސް ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 17 ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހާއި ހަމައަށް ކަމަށް ވެސް ބުނެފައިވެއެވެ.
މިނިސްޓްރީ އިން ބުނީ މި ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވަނީ 25 ބައިވެރިން ކަމަށެވެ. އަދި އެ މިނިސްޓްރީ އިން ކުރިއަށް ގެންދާ “ ޒުވާނުން މަސްވެރިކަމަށް އަހުލުވެރިކުރުމުގެ ތަމްރީނު ޕްރޮގްރާމް“ އަށް ހޮވުނު ފަސް ބައިވެރިން ވެސް މި ތަމްރީނު ޕްރޮގްރާމް ފުރިހަމަ ކުރާނެ ކަމަށް ވެސް މިނިސްޓްރީ އިން ބުނެފައިވެއެވެ.
މީގެ އިތުރުން މިނިސްޓްރީ އިން ބުނީ މި ތަމްރީނު ޕްރޮގްރާންގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ ދިފާއީ ވުޒާރާ ކޯސްޓްގާޑުގެ ފަންނީ މުދައްރިބުން ކަމަށެވެ.
ކޮންމެ އަހަރެއްގެ ވެސް ޑިސެންބަރު ދިހަ ވަނަ ދުވަސް ފާހަގަ ކުރަނީ މަސްވެރިންގެ ދުވަހުގެ ގޮތުގައެވެ. މިދިޔަ އަހަރުވެސް މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ.
