މޯލްޑިވިއަންގެ އެއާ އެމްބިއުލާންސް ހިދުމަތް ދުބާއީ އާއި ތައިލެންޑަށް ފުޅާ ކުރަނީ

Advertisement

އެންމެ ފަސް

Advertisement

ރާއްޖޭގެ އެއާ އެމްބިއުލަންސް ޚިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން، އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)ގެ ދުބާއީ އާއި ތައިލެންޑަށް މި ޚިދުމަތް ފަށަން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަދު މީރުމާ ހޯލުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގަ އެވެ. މި އެއްބަސްވުމުގައި ހެލްތް މިނިސްޓްރީ، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އަދި ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން ހިމެނެ ސޮއިކޮށްފައިވެ އެވެ.

ހެލްތް މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަޙްމަދު ހަމްދާން ނާސިރެވެ. އައިލެންޑް އޭވިއޭޝަން (މޯލްޑިވިއަން)ގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް އެވެ. އަދި އެންސްޕާގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ހީނާ ވަލީދެވެ. ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

މި އެއްބަސްވުމާއި ގުޅޭގޮތުން އިޔާސް ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން އެއާލައިންގެ މަސައްކަތަކީ ތައިލެންޑާއި ދުބާއީ އަށް ބަލި މީހަކު ފޮނުވަން ޑޮކްޓަރު ލަފާދީ އަދި އެކަމުގެ ހުރިހާ ހުއްދައެއް ލިބުމުން، އެ ދަތުރުތައް ހަމަޖެއްސުން ކަމަށެވެ.

މިއަދު ހެލްތު މިނިސްޓްރީގަ ބޭއްވި ރަސްމިޔާތުގެ ތެރެއިން

އެއާ އެމްބިއުލަންސްގެ ޚިދުމަތަކީ ރައީސް ޑރ. މުއިއްޒުގެ، ރިޔާސީ ވައުދުތަކުގެ ތެރެއިން ސަރުކާރުގެ 14 ހަފްތާގެ މަސައްކަތުގެ ތެރޭގައި ހިމަނުއްވާ، 2024 ވަނަ އަހަރުގެ މާރިޗު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ދެމުންދާ ޚިދުމަތެކެވެ.

މި ހިދުމަތް މޯލްޑިވިއަންއިން ފަށާފައިވަނީ ޑޭޝް މަރުކާގެ މަތިންދާބޯޓެއް ބޭނުންކޮށްގެންނެވެ. އެއާ އެމްބިއުލާންސްގެ ހިދުމަތް އިތުރަށް ރަނގަޅުކޮށް އޭގައި ބޭނުން ކުރާ އާލާތްތައް ފުރިހަމަ ކުރުމަށް ޓަކައި އުރީދޫއިން މީގެ ކުރިން ވަނީ 16 މިލިއަން ރުފިޔާގެ އަގު ހުރި މެޑިކަލް އިކުއިޕްމެންޓްސް ހަދިޔާކޮށްފަ އެވެ. ނަމަވެސް ޑޭޝް މަރުކާގެ ބޯޓަކީ ވަރަށް ކުޑަ ބޯޓެއްކަމުން، ތައިލެންޑް ފަދަ ދުރު މަންޒިލްތަކަށް، އެ ބޯޓުގައި ދަތުރެއް ނުކުރެވޭނެ އެވެ.

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) މިނިސްޓްރީ އޮފް ހެލްތް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މޯލްޑިވިއަން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ