އެމްޑީޕީ އެއްވުމަށް ދާނެ މީހަކު ނުވެގެން އެއްވުން ”ވިއްކާލީ“: ފަލާހު

Advertisement

އެންމެ ފަސް

Advertisement

އިދިކޮޅު އެމްޑީޕީން މިމަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވި އެއްވުމަށް ދާނެ މީހަކު ނުވުމުން އެއްވުން ”ވިއްކާލީ“ ކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހު ތުހުމަތު ކުރައްވައިފި އެވެ.

އެމްޑީޕީން މީގެކުރިން އޮތީ މިމަހުގެ 17 ވަނަ ދުވަހުގެ ރޭ ބޮޑު އެއްވުމަށް ބޭއްވުމަށް ނިންމާފަ އެވެ. ނަމަވެސް ފަހުން މުއްދަތެއް ނެތްގޮތަށް އެޕާޓީން ވަނީ އެ އެއްވުން ފަސްކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، އެއްވެ އުޅުމުގެ ގާނޫނު އުވާލަން އެމްޑީޕީގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ހުށަހަޅާފައިވާ ބިލަށް ބަހުސް ކުރައްވަމުން ފަލާހު ވިދާޅުވީ، އެއްވުމަށް ދާނެ މީހަކު ނުވެގެން އެމްޑީޕީން ”ބިޑަށް ލާފައި“ އެއްވުން ވިއްކާލީ ކަމަށެވެ.

ފަލާހު ވިދާޅުވީ އެމްޑީޕީގެ އެއްވުމަށް މީހުން ގެނައުމަށް ރަށްރަށަށް ދަތުރުކޮށްވެސް ހެދިކަމަށާއި ނަމަވެސް އެ އެއްވުމަށް އަންނާނެ މީހަކު ނުވި ކަމަށެވެ. އަދި އެމްޑީޕީގެ މަޖިލިސް މެންބަރުންވެސް މިއަދު ތިބީ އެ ޕާޓީ ދޫކޮށް ނިކުންނަން ބޭނުންވެފައި ކަމަށް ތުހުމަތު ކުރެއްވި އެވެ.

އެއްވެ އުޅުމުގެ ގާނޫނު އުވާލަން އެމްޑީޕީގެ ފަރާތުން މަޖިލީހަށް ހުށަހަޅުއްވާފައި އޮތް ބިލަށް ތާއީދު ނުކުރައްވާކަން ފާހަގަކުރައްވާ ފަލާހު ވަނީ އެމްޑީޕީގެ ސުޕަމެޖޯރިޓީ އޮތްއިރު އެ ގާނޫނު އިވާނުލާ އޮތްކަން ފާހަގަކުރައްވާފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެއްވެ އުޅުމުގެ ގާނޫނަށް ގެނައި އިސްލާހުގައި ބުނެފައިވަނީ، ވެރިކަން ކުރާ މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއްވެސް ބޭއްވޭނީ ފުލުހުން ދޭ ހުއްދައަކާއެކު ހޯމް މިނިސްޓްރީން ކަނޑައަޅާފައިވާ ތަންތަނުގައި އެކަނި ކަމަށެވެ. މި އިސްލާހު އުވާލުމަކީ، އަދި އެއްވެ އުޅުމުގެ މިނިވަންކަން އެންމެ ފުޅާމިނުގައި ދިނުމަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ. ނަމަވެސް އެމްޑީޕީ ސަރުކާރުގެ 5 އަހަރު ނިންމާލިއިރު އެކަން އޮތީ މަޖިލީހުގައި ”ޕާކު“ ކޮށްފަ އެވެ.

މިދިޔަ ރައްޔިތުންގެ މަޖިލީހުގައި ކާށިދޫ ދާއިރާގެ އޭރުގެ މެންބަރު އަބްދުﷲ ޖާބިރު ވަނީ 2019 އޮގަސްޓް 8 ވަނަ ދުވަހު، ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނަށް ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ގެނައި އިސްލާހު އުވާލުމަށް މަޖިލީހަށް ހުށަހަޅާފަ އެވެ. އެ ބިލް ކޮމިޓީ މަސައްކަތް ނިންމުމަށްފަހު އެއްފަހަރު ތަޅުމަށް ފޮނުވުމުން ތަޅުމުން އޭރުވަނީ އެ ބިލް އަނބުރާ ކޮމިޓީއަށް ފޮނުވާލާފަ އެވެ. އޭގެފަހުން މި މަސައްކަތް ކޮމިޓީން ކުރިއަށްގެންގޮސްފައެއް ނުވެ އެވެ.

ރައްޔިތުންގެ މަޖިލިސް އެމްޑީޕީ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ