ގުޅީގެ ބިން ހިއްކުމުގެ މަސައްކަތް ނިމިއްޖެ، ބަނދަރު މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފި

Advertisement

އެންމެ ފަސް

Advertisement

ކ. ގުޅީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ނިންމައި އެ ރަށުގެ ބަނދަރުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

ގުޅީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ނިންމުން ފާހަގަކޮށް އެ ރަށުގެ ބަނދަރުގެ މަސައްކަތް ހަވާލުކުރީ މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ރަށަށް ވަޑައިގެން އެކަމަށް ޚާއްސަކޮށް ބޭއްވި ރަސްމިއްޔާތުގަ އެވެ.

މި ރަސްމިއްޔާތުގައި ގުޅީ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އަދި އެމްޓީސީސީ ގެ ފަރާތުން ސޮއި ކުރީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑީސީޕީ ރިޓަޔާޑް އަހުމަދު ސައުދީ އެެވެ.

މި ރަސްމިއްޔާތުގައި އެ ރަށުގެ ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ނިންމުން ފާހަގަކުރުމުގެ ގޮތުން ސަރުކާރުން ގުޅީ ކައުންސިލަށް ހަނދާނީ ފިލާ ހަވާލުކޮށްފައިވެ އެވެ.

ގުޅީ ބަނދަރުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްފައިވާއިރު އެރަށުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހަވާލުކުރުމުގެ މަޝްރޫއު އަކީވެސް އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން 10.15 ހެކްޓަރުގެ ބިން ހިއްކައި 940 މީޓަރުގެ ހިލަ ރިވެޓްމަންޓް ޖަހައި 362 މީޓަރުގެ ޖީއޯބޭގް ރިވެޓްމެންޓް ޖަހާފައިވެ އެވެ. އަދި 88 މީޓަރުގެ ގޮރޮއިން ޖެހުމުގެ މަސައްކަތް ވެސް ކުރިއަށް ގެންގޮސްފައިވެ އެވެ.

ބިން ހިއްކުން ކ. ގުޅި މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ