ވޭމަންޑޫ ބިން ހިއްކުމާއި ބަނދަރު މަސައްކަތް އެމްޓީސީސީއަށް، މަގުތައް ހެދުން އާރްޑީސީއަށް

Advertisement

އެންމެ ފަސް

Advertisement

ތ. ވޭމަންޑޫގެ ތަރައްގީގެ މަޝްރޫއުތަކުގައި ސޮއިކޮށްފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ތ. ވޭމަންޑޫއަށް އިއްޔެ ވަޑައިގެންނެވިއިރު، އެ ރަށުގެ ތަރައްގީގެ މަޝްރޫއުތަކުގައި ސޮއިކުރެއްވީ ރޭ ބޭއްވި ބައްދަލުވުމުގެ ތެރެއިންނެވެ.

އެގޮތުން ވޭމަންޑޫ ބިން ހިއްކުމާއި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫއު ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ އެވެ. ބިން ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 113.1 މިލިއަން ރުފިޔާއަށް 270 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މި މަސައްކަތުގެ ދަށުން 15.4 ހެކްޓަރ ބިން ހިއްކުން، 819 މީޓަރު ރިވެޓްމަންޓް ޖެހުން އަދި  240 މީޓަރު ގްރޮއިން ޖަހާނެ އެވެ.

ބަނދަރު މަސައްކަތް އެމްޓީސީސީއަށް ހަވާލުކޮށްފައިވަނީ 53 މިލިއަން ރުފިޔާއަށް 540 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މި މަސައްކަތުގެ ދަށުން ބަނދަރު އަދި ނެރު ފުންކުރުން، ކުރީގެ ބަނދަރު މަރާމާތުކުރުން، 10 މޫރިން ބޮއި ހަރުކުރުން، 236 މީޓަރު ބޮޑު ހިލައިގެ ބޭރުތޮށި ރީޕްރޮފައިލް ކުރުން، 210 މީޓަރު ބޮޑު ހިލައިގެ ބޭރުތޮށި ޖެހުން، 15 މީޓަރު ސަބްމާރޖް ބްރޭކްވޯޓަރ ޖެހުން ހިމެނެ އެވެ. އަދި 25 މީޓަރު ރިވެޓްމަންޓް ޖެހުން، 18 މަގު ބައްތި ހަރުކުރުން، 4 ނެވިގޭޝަން ލައިޓް ހަރުކުރުން، 2,480 އަކަމީޓަރ ޕޭވްމެންޓް ހެދުން އަދި ކުދި އުޅަނދުފަހަރު އެޅުމަށް ބޭރުތޮށްޓާ އިންވެގެން ކޮންކްރީޓް ޖެޓީ އެޅުން ހިމެނެ އެވެ.

މީގެއިތުރުން ވޭމަންޑޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫއު ހަވާލުކޮށްފައިވަނީ އާރްޑީސީއާ އެވެ. މި މަސައްކަތް އާރްޑީސީއަށް ހަވާލުކޮށްފައިވަނީ 93.5 މިލިއަން ރުފިޔާއަށް 730 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. 

ވޭމަންޑޫގެ ތަރައްގީގެ މަޝްރޫއުތަކުގައި ރޭ ސޮއިކުރިއިރު، ތ. އަތޮޅުގައި އާރްޓީއެލް ފެރީގެ ހިދުމަތް ރޭ ވަނީ ފަށާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) ތ. ވޭމަންޑޫ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ