އދ. އަކީ ރާއްޖޭގެ ތަރައްގީގައި މުހިންމު ބައިވެރިއެއް: ރައީސް މުއިއްޒު

Advertisement

އެންމެ ފަސް

Advertisement

އދ. އަކީ ރާއްޖޭގެ ތަރައްޤީގައި މުހިންމު ދައުރެއް އަދާކޮށްފައިވާ ބައިވެރިއެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ދިވެހިރާއްޖެ އދ. ގެ މެންބަރަކަށްވިތާ 60 އަހަރު ފުރުމުގެ މުނާސަބަތުގައި މިއަދު އެމަނިކުފާނު ފޮނުއްވި މެސެޖުގަ އެވެ.

މި މެސެޖުގައި ރާއްޖެ އދ. ގެ މެންބަރަކަށްވުމަކީ ޤައުމަށް ލިބުނު އުއްމީދަކާއި އަޒުމެއްކަމުގައި ރައީސް ފާހަގަކުރައްވާފައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވެފައިވަނީ، ރާއްޖެ އދ. ގެ މެންބަރަކަށްވުމަކީ ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ރާއްޖޭގެ ދައުރު ފުޅާވެ، އެކި ޤައުމުތަކާއެކު ގުޅުން ބަދަހިކުރުމަށް ލިބުނު ބާރެއްކަމުގަ އެވެ. އަދި މިއީ ތާރީޚީ ނިންމުމެއްގެ އިތުރުން، ރާއްޖެއާއި އދ. އާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމެއްކަމުގައިވެސް ފާހަގަކުރައްވާފައިވެ އެވެ.

އެމަނިކުފާނުގެ މެސެޖުގައި، އދ. އަކީ ރާއްޖޭގެ ތަރައްޤީގައި މުހިންމު ދައުރެއް އަދާކޮށްފައިވާ ބައިވެރިއެއްކަން ފާހަގަކުރައްވައި، ޚާއްޞަކޮށް ޞިއްޙީ، ތަޢުލީމީ، ގަވަރނަންސް އަދި އިންސާނީ ޙައްޤުތަކުގެ ދާއިރާއިން ލިބިފައިވާ ކުރިއެރުންތައް ފާހަގަކުރައްވާފައިވެ އެވެ.

”އަޅުގަނޑުމެން ދައްކާފައި މިވަނީ، އެންމެ ކުދި ގައުމުތަކަށްވެސް ސުލްހައާއި އިންސާފާއި ދެމެހެއްޓެނިވި ތަރައްޤީއަށް ޙިއްޞާ ކޮށްދެވޭނެކަން،“ ރައީސް ވިދާޅުވެފައިވެ އެވެ.

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ދިވެހިރާއްޖެއިން އދ. ގައި ދައްކަމުންދާ ހަރުދަނާ ލީޑަރޝިޕް ފާހަގަކުރައްވައި، ތަރައްޤީވަމުން އަންނަ ޤައުމުތަކާއި ކުދި ޖަޒީރާ ޤައުމުތަކުގެ އަޑު އުފުލުމަށް ކުރަމުންދާ މަސައްކަތްތައް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި އެވެ. އަދި މިހާރު ޣައްޒާގައި ހިނގަމުންދާ އަނިޔާވެރިކަން ހުއްޓުވުމަށް ޤައުމުތަކުން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަންވެސް ފާހަގަކުރެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ، އިންސާފުވެރި، ހުރިހާ ފަރާތެއްގެ ބައިވެރިވުން ހިމެނޭ، އަދި ދެމެހެއްޓެނިވި ދުނިޔެއެއް ބިނާކުރުމަށް ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދޭނެކަން ކަށަވަރުކޮށްދެއްވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - އދ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ