މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ވަގުތީ މެންބަރުން އައްޔަނުކޮށްފި

Advertisement

އެންމެ ފަސް

Advertisement

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނަށް އަމަލުކުރަން ފެށުމާއެކު އެކުލަވާލި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނަށް އައްޔަނުކުރަންޖެހޭ ވަގުތީ މެންބަރުން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އައްޔަނުކޮށްފި އެވެ.

މީޑިއާ ޤާނޫނަށް އަމަލުކުރަން ފެށުމާއެކު މޯލްޑިވްސް މީޑިއާ ކައުންސިލް އަދި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން ވަނީ އުވިފަ އެވެ.

މި ޤާނޫނުގެ ދަށުން އުފައްދާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން އެކުލަވާލައި، މެންބަރުން ހިންގުމާ ހަވާލުވަންދެން، ކޮމިޝަންގެ ކަންކަން ވަގުތީގޮތުން ހިންގާނީ ސިވިލް ސާވިސް ކޮމިޝަނުން އެކުލަވާލާ ފަސް މެންބަރުންގެ ވަގުތީ ކޮމިޓީއަކުން ކަމަށް ޤާނޫނުގައި ބުނެފައިވެ އެވެ.

އެގޮތުން ސިވިލް ސާވިސް ކޮމިޝަނުން މިއަދި ވަނީ އެ އެ ވަގުތީ ކޮމިޓީއަށް މެންބަަރުން އައްޔަނުކޮށްފަ އެވެ. އެ ކޮމިޝަންގައި ހިމެނެނީ:

  • އަލީ ޒަކީ / ޑިރެކްޓަ ޖެނެރަލް، ސްޕޯޓްސް މިނިސްޓްރީ
  • އަހުމަދު މައުސޫމް / ޑިރެކްޓަ ޖެނެރަލް، ސިޓީސް މިނިސްޓްރީ
  • އާމިނަތު ނަސީރު / ޑިރެކްޓަ ޖެނެރަލް، އިސްލާމިކް މިނިސްޓްރީ
  • އާމިނަތު ޝާހިދާ / ޑިރެކްޓަ ޖެނެރަލް، އިކޮނޮމިކް މިނިސްޓްރީ
  • އިމާދު މުހައްމަދު / ޗީފް ކޯޕަރޭޓް އެގްޒެކެޓިވް، ގައުމީ އަރުޝީފު

މި ވަގުތީ ކޮމިޓީއަށް ހަމައެކަނި ކުރެވޭނެ ކަމަކީ، ކޮމިޝަންގެ އިދާރީ މަސައްކަތްތައް ހިންގުން އަދި މީޑިއާ ރަޖިސްޓްރީކުރުމަށް އަންނަ ހުށަހެޅުންތަކާ މެދު ގޮތް ނިންމުމެވެ.

ޤާނޫނުގެ ދަށުން އެކުލަވާލާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން އެކުލެވިގެންވަނީ 7 މެންބަރުންގެ މައްޗަށެވެ. އެއީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ 3 މެންބަރުންނާއި މީޑިއާތަކުން އިންތިޚާބުކުރާ 4 މެންބަރުންނެވެ.

މި ކޮމިޝަންގެ ރައީސް އައްޔަނުކޮށް ވަކިކުރާނީ ރައްޔިތުންގެ މަޖިލީހުންނެވެ. އަދި ކޮމިޝަންގެ ނައިބު ރައީސް އައްޔަނުކުރާނީ ކޮމިޝަނުގެ މެންބަރުންގެ ތެރެއިން، ކޮމިޝަނުގެ މެންބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުން ކަމަށް ބަޔާންކޮށްފައިވެ އެވެ. މި ކޮމިޝަނަށް މެންބަރުން އައްޔަނު ކުރެވޭނީ ފަސް އަހަރުގެ މުއްދަތަށެވެ. އަދި ވިދިވިދިގެން ދެ ދައުރަށްވުރެ ގިނަ ދުވަހު މެންބަރުކަމުގައި ނުހުރެވޭނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.

މީޑިއާ ބިލް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ