މީޑީއާ ކޮމިޝަންގެ ނައިބުރައީސަކަށް ޒަމްއަތު

Advertisement

އެންމެ ފަސް

Advertisement

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ނައިބު ރައީސްގެ މަގާމަށް ޒަމްއަތު އަހުމަދު ވަހީދު ހޮވައިފި އެވެ.

މީޑިއާ ކޮމިޝަންގެ ނައިބު ރައީސްގެ މަގާމަށް ބޭފުޅަކު ހޮވަނީ ކޮމިޝަންގެ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.

އެގޮތުން ނައިބު ރައީސްގެ މަގާމަށް ކުރިމަތިލެއްވީ ޒަމްއަތުގެ އިތުރުން ހުސައިން ޘަޤީީފެވެ. ޒަމްއަތު ނައިބު ރައީސްގެ މަގާމަށް ހޮވިފައިވަނީ 4 މެންބަރުންގެ ވޯޓުންނެވެ. އަދި ޘަޤީީފަށް ލިބުނީ 3 ވޯޓެވެ.

މީޑިއާ ކޮމިޝަންގެ ރައީސްގެ މަގާމަށް ބޭފުޅަކު އައްޔަނުކުރަނީ ރައްޔިތުންގެ މަޖިލީހުންނެވެ. ރައްޔިތުންގެ މަޖިލީހުން އެ ކޮމިޝަންގެ ރައީސްގެ މަގާމަށް އައްޔަނުކުރުމަށް ފާސްކުރީ މުހައްމަދު ފަރުސަތު އެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ޤާނޫނުގެ ދަށުން އުފައްދާފައިވާ މި ކޮމިޝަނަކީ 7 މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަނެކެވެ.

މީޑިއާ ކޮމިޝަނަށް މަޖިލީހުން އައްޔަނުކުރާ މެންބަރުންގެ ގޮތުގައި އައްޔަނު ކުރައްވާފައިވަނީ މުހައްމަދު ފަރުސަތު / ހ. ޓޫހަރޓްސް، ސަފާ ޝަފީގު / ބިއްލޫރިވިލާ، ދ.މީދޫ އަދި އާމިނަތު ސަރާހަތު އިއްޒަތު / ގ. ގޮފި އެވެ.

މީޑިއާ ކޮމިޝަނަށް ބްރޯޑްކާސްޓަރުން ތަމްސީލުކުރާ މެންބަރުންގެ ގޮތުގައި ހަމަޖައްސަވާފައިވަނީ ށ.ފޭދޫ، މޫނިމާގެ / އަބްދުލްއަޒީޒް އިބްރާހީމް އަދި ގދ.ތިނަދޫ، މަލަ / ޒަމްއަތު އަހްމަދު ވަހީދެވެ. އެހެން މީޑިއާތައް ތަމްސީލުކުރާ 2 މެންބަރުންގެ ގޮތުގައި ހަމަޖެއްސެވީ ގދ. ރަތަފަންދޫ، ވެލީގެ / ސިމާހާ ނަސީމް އަދި ހދ. ވައިކަރަދޫ، ހިސާން / ހުސައިން ޘަޤީފެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ