އިންޑިއާ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމާ ގުޅޭ މަސައްކަތު ބައްދަލުވުމެއް ބާއްވައިފި

Advertisement

އެންމެ ފަސް

Advertisement

ދުނިޔޭގެ ކަނޑުތަކުގެ ޤާނޫނާއި އިންޑިއާ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމާގުޅޭ މަސައްކަތު ބައްދަލުވުމެއް މިއަދު ވިލާ ނޯޓިކާގައި ކުރިއަށް ގެންގޮސްފި އެވެ.

މި ބައްދަލުވުމަކީ އދ. ގެ ޑިވިޝަން ފޯ އޯޝަން އެފެއާޒް އެންޑް ދަ ލޯ އޮފް ދަ ސީ އަދި ދިވެހި ސަރުކާރާ ގުޅިގެން އިންތިޒާމްކޮށްގެން ބާއްވާ ހަތަރު ދުވަހުގެ ބައްދަލުވުމެކެވެ. މި ބައްދަލުވުމަކީ ނޯވޭޖިއަން އޭޖެންސީ ފޯ ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ އެހީގެ ދަށުން ހިންގާ ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ އިޤުތިޞާދީ ވިލުންތެރިކަން އިތުރުކުރުމަށާއި އެ ޤައުމުތަކުގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމަށްޓުމުގެ އިސްތިރާޖީ ޤާބިލުކަން ހަރުދަނާކުރުމުގެ މަޝްރޫޢެއްގެ ދަށުން ބާއްވާ ބައްދަލުވުމެކެވެ.

ރާއްޖެ ހިމެނޭހެން 12 މެމްބަރު ޤައުމަކުން 47 މަންދޫބުން މި ވަރކްޝޮޕްގައި ބައިވެރިވެފައިވެ އެވެ. މި ބައްދަލުވުމުގެ މަގުސަދަކީީ ދުނިޔޭގެ ކަނޑުތަކުގެ ޤާނޫނު (އަންކްލޯސް) އާއި އެއާ ގުޅުންހުރި އެހެނިހެން މުޢާހަދާތަކާއި އެގްރިމެންޓްތަކަށް ބައިވެރިން އަހުލުވެރިކުރުވުމާއި، ސަރަޙައްދީ އަދި ޤައުމީ ފެންވަރުގައި ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމުގެ ޤާނޫނީ އަދި އިދާރީ އޮނިގަނޑުތަކަށް އަލިއަޅުވާލުމެވެ. އަދި 2030 އެޖެންޑާ ފޯ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓްގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް (އެސް.ޑީ.ޖީ) އާ ގުޅުންހުރި މައްސަލަތަކާއި، ނޫ އިޤްތިޞާދެއް ބިނާކުރުމާ ގުޅޭ ގޮތުންނާއި، ސައިންސްގެ އަލީގައި ސިޔާސަތު ބައްޓަންކުރުމާ ގޫޅޭ ގޮތުން އަދި މޫސުމީ ބަދަލުތަކާ ގުޅިގެން ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމުގައި އިސްކަންދޭން ޖެހޭ ކަންކަމާގުޅޭ ގޮތުން ވެސް މަޝްވަރާކުރުމަށް ހަމަޖެހިފައިވެ އެވެ.

މި ބައްދަލުވުން އިފްތިތާހުކޮށްދެއްވީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އާމިނަތު ޙުސައިން ޝަރީފް އެވެ. މި ބައްދަލުވުން އިފްތިތާހު ކޮށްދެއްވައި ސްޓޭޓް މިނިސްޓަރު ވިދާޅުވީ އެއްވެސް ޤައުމަކަށް އެކަހެރިކޮށް ތިބެގެން އެ ޤައުމެއްގެ ކަނޑުތަކުގެ ދުޅަހެޔޮކަން ރައްކާތެރި ނުކުރެވޭނެ ކަމަށެވެ. އަދި ކަނޑުގެ ޤާނޫނުން މަގު ދައްކައިދިން ނަމަވެސް، ކުރިއަށް ދިއުމަށް ބޭނުންވާ ވަސީލަތްތައް ލިބެނީ ސަރަޙައްދީ އެއްބާރުލުމުގެ ތެރެއިން ކަމަށް ވެސް ވިދާޅުވި އެވެ.

ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމުގެ ޤައުމީ އޮނިގަނޑުތައް ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްހަމަކޮށް، ސަރަޙައްދީ ފެންވަރުގައި ޤައުމުތައް ގުޅިގެން މަސައްކަތްކުރުމުން މަސްމަހާމެހީގެ ސްޓޮކްތައް ރައްކާތެރިކޮށް، ކަނޑުގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކޮށް، އަދި ދެމެހެއްޓެނިވި އިޤްތިޞާދެއް ޙާޞިލުކުރެވިދާނެކަމަށް ކަމަށް ވެސް ސްޓޭޓް މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖެ - އދ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ