ރާއްޖޭގައި ފުރަތަމަ ފަހަރަށް މޫދުވިނަ އާލާކޮށް ވިއްކުމުގެ މަސައްކަތް ފަށައިފި އެވެ.
މިކަން ހާމަކޮށްފައި ވަނީ، ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
އެ ޕޯސްޓެއްގައި މިނިސްޓަރ ވިދާޅުވެފައި ވަނީ، އެ މަސައްކަތް ކުރަނީ ފްލޯޓިން އޭކާސް ޕްރައިވެޓް ލިމިޑެޓްގެ ފަރާތުން ކަމަށެވެ. އެ މަސައްކަތް ފެށިކަމަށްޓަކައި އެ ކުންފުންޏާއި ޓީމަށް މިނިސްޓަރ ވަނީ މަރުހަބާ ދަންނަވާފަ އެވެ.
އެ މަސައްކަތް އެންމެ ފުރަތަމަ ފެށިގެން ދިޔައީ މީގެ އަށް މަސް ކުރިން ބ. ފެހެންދޫގައި ކަމަށާއި، މިއަދު މޫދުވިނަ އާލާކޮށް އެތަކެތި ވިއްކާ އެކްސްޕޯޓްކުރުމަށް ތައްޔާރުވެފައިވާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
މިއީ ރާއްޖޭގައި ބްލޫ އިކޮނަމީ ތަރައްގީކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުންވާ ވިސްނުންފުޅު ހާސިލްކުރުމަށް އިތުރުވެގެން ދިޔަ މުހިންމު ބޮޅެއް ކަމަށްވެސް މިނިސްޓަރ ވިދާޅުވެފައިވެ އެވެ.
މީގެ އިތުރުން މިނިސްޓަރ ވަނީ، އެ މަސައްކަތް ކުރަމުންދާ އޭކާސް ކުންފުނީނެ ޓީމަށް ކާމިޔާބަށް އެދިވަޑައިގެންފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިނިސްޓަރު އަހްމަދު ޝިޔާމް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް
