ދެ ރަށެއްގެ މަސްފެކްޓްރީއަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އަމިއްލަ ދެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
ފ. ނިލަންދޫ އާއި ގދ. ފިޔޯރީގެ މަސް ފެކްޓްރީ ގާއިމް ކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 206 މަޝްރޫއެއް އަމިއްލަ ކުންފުނިތަކާ ހަވާލު ކުރުމަށް ކުރިއަށްގެންދިޔަ ރަސްމިއްޔާތުގަ އެވެ.
ނިލަންދޫ ބިން ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެތިއޯން ޕްރައިވެޓް ލިމިޓެޑް އާއެވެ. އަދި ފިޔޯރީ ބިން ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސެން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑާ އެވެ. މި މަޝްރޫއުގެ ދަށޫން ނިލަންދޫގައި 3.2 ހެކްޓަރުގެ ބިން ހިއްކާނެ އެވެ. އަދި ފިޔޯރީގައި 6.5 ހެކްޓަރުގެ ބިން ހިއްކާނެ އެވެ.
206 މަޝްރޫއެއް އަމިއްލަ ކުންފުނިތަކަކާއި ހަވާލުކޮށްފައިވާއިރު މި މަޝްރޫއުތަކުގެ ތެރޭގައި ނުވަ ދާއިރާއެއްގެ މަޝްރޫއު ހިމެނެ އެވެ. މި މަޝްރޫއުތަކުގެ ޖުމްލަ އަގު 2.7 ބިލިއަން ރުފިޔާ އަށް އަރާއިރު އެންމެ ގިނަ ޕްރޮޖެކްޓް ހަވާލުކޮށްފައިވަނީ ކާކްލައިން މޯލްޑިވް ޕްރައިވެޓް ލިމިޓެޑާ އެވެ.
އަމިއްލަ ކުންފުނިތަކާ ސަރުކާރުން މިއަދު ހަވާލުކުރި މަޝްރޫއުތަކުގެ އަމަލީ މަސައްކަތް މިއަދުން ފެށިގެން 21 ދުވަސްތެރޭ ފަށަން ޖެހޭނެކަމަށާއި، މަސައްކަތުގެ އުޖޫރައަށް ވާ ފައިސާ ދިނުމުގައި އެއްވެސް މައްސަލައެއް ނުޖެހޭނެކަމަށް މި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި އެވެ.
މަސްވެރިކަން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް
