މައިންބަފައިންގެ ރުހުންލިބިއްޖެނަމަ، އެތައް މުޞީބާތަކުން މާތް الله އެ މީހަކު ސަލާމަތް ކުރައްވާނެ: ހުތުބާ

Advertisement

އެންމެ ފަސް

Advertisement

މަންމައާއި ބައްޕަގެ ރުހުންލިބިއްޖެ ނަމަ، އެ މީހަކަށް މެދުވެރިވާ އެތައް މުޞީބާތަކުން މާތް الله އެ މީހަކު ސަލާމަތް ކުރައްވާނޭކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

”މުޖުތަމަޢު އިޞްލާޙުކުރުން، އެންމެންގެ ޒިންމާ“ ގެ މައުލޫއުގައި ދެއްވި ހުތުބާގައި ފާހަގަކުރެއްވި ގޮތުގައި މުޖުތަމަޢުގައި ހިނގާ ނޭދެވޭ ކަންކަމުގެ ތެރޭގައި މައިންބަފައިންނަށް އުރެދި، އެ ބައިމީހުންނަށް ނުކިޔަމަންތެރިވުމާއި، މުސްކުޅިވީ ދުވަސްވަރު އެހީތެރިކަމާއި އޯގާތެރިކަން ފޯރުކޮށްނުދިނުން ހިމެނެއެވެ.

ހުތުބާގައި އިތުރަށް ފާހަގަކުރެއްވި ގޮތުގައި މައިންބަފައިންނަށް އިޙުސާންތެރިވުމަކީ މާތް الله އިންސާނާއަށް ކުރައްވައިފައިވާ ވަޞިއްޔަތެކެވެ. މިކަން ކީރިތި ޤުރްއާނުގެ ތިން ސޫރަތެއްގައި ވަޞިއްޔަތްކުރައްވައިފައި ވުމުގެ އިތުރުން އެތައް މަޤާމެއްގައި މައިންބަފައިންނަށް އިޙުސާންތެރިވުމަށް އަމުރުކުރައްވައިފައިވެއެވެ.

”މައިންބަފައިންނަށް ހެޔޮކޮށްހިތުމަކީ އިންސާނާގެ ޢުމުރުގައި މާތް ﷲ ބަރަކާތްލައްވާނޭ ކަމެއް. އެއީ ބާއްޖަވެރިކަމުގެ ތަނޅުދަނޑިއެއް. އަދި ސުވަރުގެއަށް ވަނުމުގެ ދޮރެއްވެސް މެ. މައިންބަފައިންގެ ހެޔޮ ދުޢާއަކީ ވަރަށް މުހިންމު ބޭނުންތެރި ހަތިޔާރެއް،“ ހުތުބާގައި ވިދާޅުވިއެވެ.

ހުތުބާ ނިންމަވާލެއްވީ މިފަދަ މުހިންމު ކަމެއް ހަނދާންނައްތައިލައި، މައިންބަފައިންނަށް ނިކަމެތިކޮށްހިތައި، އެ މީހުން ހިތުގައި ޖައްސައި، ނުވަތަ އަޅާނުލައި ދޫކޮށްލާފައިވާ މީހުންގެ އަދަދާމެދު ސުވާލު އުފައްދަވަމުންނެވެ.

ހުކުރު ހުތުބާ ދީން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ