އެޗްޑީސީ އިން އެއްމިލިއަން ގަސް އިންދުމުގެ ޕްލެޖްގެ ދަށުން، މިހާތަނަށް އިންދި ގަސްތަކުގެ އަދަދު ދައްކައިދޭ ބޯޑު ”ފެހި މަންޒަރު“ އިފްތިތާހު ކޮށްފި އެވެ.
މިއަދު އެޗްޑީސީގެ މައި އޮފީސް ސަރަހައްދުގައި ބޭއްވި މި ރަސްމިއްޔާތުގައި، މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް އެންވަޔަރަމަންޓް ގެ ޑެޕިޔުޓީ މިނިސްޓަރ އަހުމަދު އަތީފް، އެޗްޑީސީ ގެ ޗީފް އޮޕަރޭޝަންސް އޮފިސަރ އަހުމަދު އިބްރާހިމް، ފަސްމިލިއަން ގަސް މަޝްރޫއު ކޮމިޓީ މެންބަރުން، އަދި އެޗްޑީސީގެ މުވައްޒަފުން ބައިވެރިވެލެއްވި އެވެ.
އެޗްޑީސީއިން ބުނީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ 5 މިލިއަން ގަސް އިންދުމުގެ ވައުދަށް އެއްބާރުލުން ދިނުމުގެ ގޮތުން އެ ކުންފުނިން 1 މިލިއަން ގަސް އިންދަން ވައުދުވެފައިވާ ކަމަށެވެ.
މި އިފްތިތާހު ކުރި ފެހި މަންޒަރަކީ، އެޗްޑީސީ އިން މިހާތަނަށް އިންދި ގަސްތަކުގެ އަދަދު ދައްކައިދޭ ބޯޑެކެވެ. މި ފެހި މަންޒަރުން ހާމަވަނީ، ތިމާވެށި ހިމާޔަތް ކުރުމަށް އެޗްޑީސީން ކުރާ ބުރަ މަސައްކަތެވެ. އަދި މީގެ އިތުން ރައީސުލް ޖުމުހޫރިއްޔާގެ 5 މިލިއަން ގަސް އިންދުމުގެ ވައުދު ފުރިހަމަ ކުރުމަށް އެޗްޑީސީއިން ކުރަމުންދާ ހިތްވަރެވެ.
މި ހަރަކާތުގެ މައިގަނޑު މަގްސަދަކީ އެޗްޑީސީއިން ވެފައިވާ އެއްމިލިއަން ގަސް އިންދުމުގެ ޕްލެޖްއަށް ވާސިލުވުމަށް އެޗްޑީސީއިން އިންދަމުންދާ ގަސްތަކުގެ އަދަދު ރައްޔިތުންނަށް ދައްކާލުމެވެ. 2024 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން މިހާތަނަށް 105,000 ގަސް ވަނީ އެޗްޑީސީއިން އިންދާފަ އެވެ.
އެޗްޑީސީ ގެ އުންމީދަކީ ވީ އެންމެ އަވަސް މުސްތަގުބަލެއްގައި 1 މިލިއަން ގަސް އިންދުމާއި ހަމައަށް ވާސިލުވުން ކަމަށްވެސް އެޗްޑީސީއިން ބުނެފައިވެ އެވެ.
ޕްލެޖްގެ ދަށުން ދިވެހިރަޢްޖޭގެ އެކިއެކި ކަންކޮޅުތަކުގައި ގަސްއިންދުމަކީ އެޗްޑީސީ ގެ އުންމީދެއް ކަމަށާއި، މީގެ އިތުރުން ތިމާވެށި ހިމާޔަތްކޮށް ދިވެހިރާއްޖެއަކީ ފެހި ހިތްފަސޭހަ ގައުމަކަށް ހެދުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް އެޗްޑީސީ އިން ކުރަމުންގެންދެ އެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފަސް މިލިއަން ގަސް އިންދުން