ނަސަންދުރައިގަ އެއްކޮށްފަހުރި ކުނިތަކެއްގައި އަލިފާން ރޯވެއްޖެ

Advertisement

އެންމެ ފަސް

Advertisement

މާލޭގައި ހުންނަ ބާސެލޯ ނަސަންދުރަ ހޮޓަލުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މި ހާދިސާ ހިނގީ މިއަދު ހެނދުނު 10:30 އެހާކަންހާއިރުއެވެ.

މި ހާދިސާއާ ގުޅޭގޮތުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ދިން މަޢުލޫމާތުގައި، އަލިފާން ރޯވެފައިވަނީ ހޮޓަލުގެ އިރުމަތީ ސަރަހައްދުގައި އެއްކޮށްފައި ހުރި ކުނިތަކެއްގައި ކަމަށް ބުނެފައިވެއެވެ. އަދި މިހާރު އަލިފާން ވަނީ ނިއްވާލެވިފައި ކަމަށްވެސް އެމްއެންޑީއެފްއިން ހާމަކޮށްފައިވެއެވެ.

އެމްއެންޑީއެފްއިން އިތުރަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާ ކަމަށެވެ. އަދި ހަމައެހެންމެ، ހޮޓަލުގެ އިމާރާތަށްވެސް އެއްވެސް ގެއްލުމެއް ލިބިފައި ނުވާކަމަށް އެފަރާތުން ފާހަގަކޮށްފައިވެއެވެ.

ފަސްތަރީގެ ހޮޓަލެއް ކަމުގައިވާ ބާސެލޯ ނަސަންދުރައަކީ މާލޭގެ އުތުރު ސަރަހައްދުގައި ހުންނަ، ފަތުރުވެރިކަމުގެ ދާއިރާގައި ޚިދުމަތްދެމުން އަންނަ ހޮޓަލެކެވެ. ނަސަންދުރަ އަލުން ތަރައްޤީކޮށް، ހުޅުވާފަައިވަނީ މި އަހަރުއެވެ.

އަލިފާނުގެ ހާދިސާ އެމްއެންޑީއެފް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ