ކައުންސެލް ޖެނެރަލްގެ ރެކޮމެންޑޭޝަންތަކާއެކު މީޑިއާ ބިލްގެ ކޮމިޓީ ރިޕޯޓް ފާސްކޮށްފި

Advertisement

އެންމެ ފަސް

Advertisement

ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތް ފިލްޒާގެ ރެކޮމެންޑޭޝަންތަކާއެކު މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލްގެ ކޮމިޓީ ރިޕޯޓު ފާސްކޮށްފި އެވެ.

މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލް އިސްލާހުތަކަކާކު މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށްފައިވަނީ އިއްޔެ އެވެ. ނަމަވެސް ބިލަށް މަޖިލީހުގެ ކައުންސެލް ޖެނެރަލްގެ ރެކޮމެންޑޭޝަންތަކެއް ލިބިފައިވުމުން، މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވެއް މިއަދު ވަނީ ބާއްވާފަ އެވެ.

މި ބައްދަލުވުމުގައި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވަނީ ކައުންސެލް ޖެނެރަލް ފާތިމަތް ފިލްޒާގެ ރެކޮމެންޑޭޝަންތަކާއެކު ކޮމިޓީ ރިޕޯޓް ފާސްކުރުމަށް ހުށަހަޅާފަ އެވެ. އަދި ކޮމިޓީން އެގޮތަށް ވަނީ ފާސްކޮށްފަ އެވެ.

ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވި އެމްޑީޕީއަށް ނިސްބަތްވާ މެންބަރު މީކާއިލް އަހުމަދު ނަސީމް ވަނީ ކައުންސެލް ޖެނެރަލްގެ ރެކޮމެންޑޭޝަންތައް އަދި ކޮމިޓީ ރިޕޯޓް ދިރާސާ ކުރުމަށް އިތުރު ވަގުތަށް އެދިފަ އެވެ. އަދި މީކާއިލް ވަނީ ކޮމިޓީގައި އަޑުގަދަކޮށް މީޑިއާ ބިލް ފާސްކުރުމާ ދެކޮޅަށް އަޑުއުފުލާފަ އެވެ.

މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތް ފިލްޒާގެ ރެކޮމެންޑޭޝަންތަކާއެކު މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލްގެ ކޮމިޓީ ރިޕޯޓު ފާސްކުރިނަމަވެސް ކައުންސެލް ޖެނެރަލްގެ ރެކޮމެންޑޭޝަންސްގައި ބަޔާންކޮށްފައިވާ ވާހަކައެއް ސާފެއް ނުވެ އެވެ. ކޮމިޓީ ބައްދަލުވުމުގައި އެ ރެކޮމެންޑޭޝަންތަކުގައި ބަޔާންކޮށްފައިވާ އެއްޗެއްވެސް ހާމަކޮށްފައެއް ނުވެ އެވެ.

މިއަދު ހަވީރު 04:00 ގައި މަޖިލީހުގެ ދައުރުން ބޭރު ޖަލްސާއެއް ބޭއްވުމަށްވެސް ވަނީ ނިންމާފަ އެވެ. މި ޖަލްސާގައި މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލް ފާސްކުރުމަށް ވޯޓަށް އަހާނެ އެވެ.

މީޑިއާ ބިލް ފާސްކުރުމާ ދެކޮޅަށް މަޖިލިސް ސަރަހައްދުގައި ނޫސްވެރިން އަދި އާންމުން އަންނަނީ ހެނދުން ފެށިގެން އިހުތިޖާޖު ކުރަމުންނެވެ. މި ބިލް ދިރާސާކުރުމަށް އިތުރު ވަގުތު ދިނުމަށް ރާއްޖޭގެ ބާ ކައުންސިލުންވެސް އިއްޔެ ވަނީ ގޮވާލާފަ އެވެ. އަދި ހިއުމަން ރައިޓްސް ކޮމިޝަން، ބްރޯޑްކާސްޓިން ކޮމިޝަން އަދި މީޑިއާ ކައުންސިލުންވެސް ވަނީ މި ބިލާމެދު ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކޮށްފަ އެވެ.

މި ބިލް ފާސްކުރުމާ ދެކޮޅަށް 151 ނޫސްވެރިން ސޮއިކޮށް މަޖިލީހަށާއި ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ޕެޓިޝަނެއްވެސް ހުށަހަޅާފަ އެވެ. ނަމަވެސް ޕެޓިޝަން ކޮމިޓީން މިއަދު ވަނީ އެ ބިލް ބޭރު ކުރުމަކީ ކޮމިޓީގެ ބާރެއް ނޫން ކަމަށްބުނެ އެ ޕެޓިޝަންގެ މަސައްކަތް އިތުރަށް ކުރިއަސް ނުގެންދިއުމަށް ނިންމާފަ އެވެ.

ރައްޔިތުންގެ މަޖިލިސް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ މީޑިއާ ބިލް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ