ދައުރުން ބޭރުން ޖަލްސާއެއް އޮއްވާ މަޖިލިސް ރައީސް ރަސްމީ ދަތުރުފުޅެއްގައި ޕާކިސްތާނަށް

Advertisement

އެންމެ ފަސް

Advertisement

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުﷲ ރަސްމީ ދަތުރުފުޅެއްގައި ޕާކިސްތާނުގެ އިސްލާމްއާބާދަށް މިއަދު ފުރާވަޑައިގެންފަ އެވެ.

މަޖިލިސް ރައީސް އަބްދުއްރަހީމްގެ މި ދަތުރުފު ކުރިއަށް ދާނީ މިއަދުން ފެށިގެން މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ދަތުރުފުޅުގައި މަޖިލީހުގެ ރައީސްގެ އަރިހުގައި ހަތަރު މެންބަރުން ބައިވެރިވެ ވަޑައިގަންނަވަ އެވެ. އެއީ ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު، މަނަދޫ ދާއިރާގެ މެންބަރު ޙުސްނީ މުބާރިކް، ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދު އަދި ހުޅުމާލެ މެދު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަޛީމް އެވެ.

މި ދަތުރުފުޅުގައި ޕާކިސްތާނުގެ ސަރުކާރުގެ އިސް ވެރިންނާ މި ވަފުދުން ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މި ބައްދަލުވުންތަކުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަޝްވަރާކުރައްވާނެ ކަމަށް ބެލެވެ އެވެ.

މަޖިލީހުގެ ރައީސް ޕާކިސްތާނަށް މިއަދު ފުރާވަޑައިގެންނެވި އިރު، މަޖިލީހުގެ ދައުރުން ބޭރުގެ ޖަލްސާއެއް މިއަދު ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. ނަމަވެސް މި ޖަލްސާގެ އެޖެންޑާ އަދި މަޖިލީހުން އާންމުކޮށްފައެއް ނުވެ އެވެ. މި ޖަލްސާގައި ކުރިއަށް ދާނީ އިއްޔެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސް ކުރި މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލުގެ މަސައްކަތްކަމަށް ބެލެވެ އެވެ. މި ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް ކަމަށް ލަފާކުރެވެ އެވެ.

ރައްޔިތުންގެ މަޖިލިސް ރާއްޖެ - ޕާކިސްތާން އަބްދުއްރަހީމް އަބްދުﷲ، ރައްޔިތުންގެ މަޖިލީހުގެ ރައީސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ