މެޑަމް ނަސްރީނާ ހޮސްޕިޓަލުން ދޫކޮށްލައިފި

Advertisement

އެންމެ ފަސް

Advertisement

ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ އަނބިކަނބަލުން، މެޑަމް ނަސްރީނާ އިބްރާހީމްގެ ފަރުވާއަށް ފަހު މިއަދު ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.

އުމުރުފުޅުން 74 އަހަރުގެ ނަސްރީނާ އިންފެކްޝަނަކަށް ފަރުވާ ހޯއްދެވުމަށް ޓަކައި މިދިޔަ ހަފުތާއިން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އައި ކަމަށް މައުމޫންގެ އޮފީހުން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މައުމޫން ވިދާޅުވެފައިވަނީ ”ނަސްރީނާގެ ހާލުކޮޅު މިހާރު ރަނގަޅު“ ކަމަށާއި މިހާރު ވަނީ ގެޔަށް ދޫކޮށްލައިފައި ކަމަށެވެ.

މައުމޫންގެ އޮފީހުން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ބަޔާނުގައި ވަނީ ނަސްރީނާއަށް ފަރުވާ ދެއްވުމުގައި ދަރުމަވަންތަ ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ނަރުހުންނާއި އެހެނިހެން މުވައްޒަފުންގެ ފަރާތުން ލިބޭ އަޅާލުމާއި އޯގާތެރިކަން ފާހަގަކުރައްވައި، މައުމޫނާއި އެމަނިކުފާނުގެ އާއިލާގެ ފަރާތުން ޝުކުރު އަދާކުރައްވާފަ އެވެ.

އަދި ހެޔޮއެދޭ ފަރާތްތަކުންނާއި އާންމުންގެ ފަރާތުން ހެޔޮ ދުއާތަކާއި މެސެޖުތައް ލިބެމުން އައި ކަން ވެސް މައުމޫންގެ އާއިލާއިން އެ ބަޔާނުގައި ފާހަގަ ކުރައްވާފައިވެ އެވެ.

ރައީސް މައުމޫން އަބްދުލްގައްޔޫމް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ