ނޮވެމްބަރު 3 ގެ ހާއްސަ އައްޑަނަ ރައީސް މައުމޫނަށް އަރުވައިފި

Advertisement

އެންމެ ފަސް

Advertisement

ނޮވެންބަރު 3 ގެ ޝަރަފުގެ ހާއްސަ އައްޑަނަ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް އަރުވައިފި އެވެ.

ރައީސް މައުމޫނަށް މި ހާއްސަ އައްޑަނަ އެރުވީ މިއަހަރުގެ ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.

މިއަދުގެ ރަަސްމިއްޔާތުގައި ނޮވެމްބަރު 3 ގައި ޝަހީދުވި ފަރާތްތަކުގެ އާއިލާތަކަށް ވަނީ ހަނދާނީ އައްޑަނައެއްވެސް އަރުވާފަ އެވެ.

ފޮޓޯ: ރައީސް އޮފީސް

ރައީސް މައުމޫނަށް ހާއްސަ އައްޑަނައެއް އަދި ޝަހީދުވި ފަރާތްތަކުގެ އާއިލާތަކަށް ހަނދާނީ އައްޑައެއް އެރުވުމަށް ރައީސް މުއިއްޒު ނިންމެވީ، ނޮވެންބަރު މަހުގެ 3 ވަނަ ދުވަހުގެ އުދުވާނީ ހަމަލާގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ތައުރީފު ހައްޤު މަސައްކަތްޕުޅުތަކާއި އަދި އެދުވަހުގެ ހަމަލައިގައި ސިފައިންގެ ތެރެއިން ޝަހީދުވި ބޭފުޅުންނާއި، އާންމުންގެ ތެރެއިން ޝަހީދުވި ބޭފުޅުންގެ ޚިދުމަތުގެ އަގު ޤައުމީ ފެންވަރެއްގައި ދައުލަތުން ވަޒަންކުރެއްވުމުގެ ގޮތުންނެވެ.

ނޮވެންބަރު 3 ގެ ޢުދުވާނީ ހަމަލާގައި ސިފައިންގެ ތެރެއިން ޝަހީދުވީ 8 ބޭފުޅުންނެވެ. އަދި އާންމުންގެ ތެރެއިން ޝަހީދުވީ 11 ބޭފުޅުންނެވެ.

ނަސްރުގެ ދުވަސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައީސް މައުމޫން އަބްދުލްގައްޔޫމް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ