ފަސްޓް ލޭޑީ ގާލް ގައިޑް އެސޯސިއޭޝަންގެ އިސްވެރިންނާ ބައްދަލުކުރައްވައިފި

Advertisement

އެންމެ ފަސް

Advertisement

ގާލް ގައިޑް އެސޯސިއޭޝަންގެ އިސްވެރިންނާ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި  ޗީފް ގައިޑް ސާޖިދާ މުޙައްމަދު ބައްދަލުކުރައްވައިފިއެވެ.

ރައީސް އޮފީހުން މަޢުލޫމާތު ދެއްވިގޮތުގައި މިއަދު ހެނދުނު މުލީއާގޭގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ވޯލްޑް އެސޯސިއޭޝަން އޮފް ގާލް ގައިޑްސް އަދި ގާލް ސްކައުޓުގެ އޭޝިއާ ޕެސިފިކް ރީޖަނަލް ކޮމިޓީގެ ޗެއަރ ކަމަށް އަލަށް ހޮވިވަޑައިގެންނެވި ނިޢުމާތު ޝަފީޤާއި، ދިވެހިރާއްޖޭގެ ގާލް ގައިޑް އެސޯސިއޭޝަންގެ އިސް މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވަނީ ނިޢުމާތު ޝަފީޤު އޭޝިއާ ޕެސިފިކް ރީޖަނަލް ކޮމިޓީގެ ޗެއަރ ކަމަށް ހޮވިވަޑައިގަތުމުން މަރުހަބާ ދަންނަވައި، ރާއްޖެފަދަ ކުޑަ ޤައުމަކަށް މިފަދަ މުހިންމު މަޤާމެއް ލިބުމާމެދު އުފާފާޅުކުރައްވާފައެވެ. އަދި ނިޢުމާތު ޝަފީޤު ވަނީ ސާޖިދާ މުޙައްމަދު ޗީފް ގައިޑުގެ ހައިސިއްޔަތުން ދެއްވަމުން ގެންދަވާ އެއްބާރުލެއްވުން ފާހަގަކުރައްވާފައެވެ.

ބައްދަލުކުރެއްވުމުގައި ގާލް ގައިޑް ހަރަކާތްތަކަށް މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، އެ ކަންކަން ހައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. މީގެ އިތުރުން، ޒުވާނުންގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި އެކިއެކި ތަމްރީނު ޕްރޮގްރާމްތައް ހިންގުމުގެ މުހިންމުކަމާއި، ގައިޑްގެ ޙަރަކާތްތައް ހިންގުމަށް އެކަށީގެންވާ ކޭމްޕް ސައިޓެއްގެ ބޭނުންތެރިކަން ވެސް މެންބަރުން ފާހަގަކުރެއްވިއެވެ.

ގާލް ގައިޑް އެސޯސިއޭޝަންގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަށް ސަރުކާރުން ދެއްވަންޖެހޭ އެހީތެރިކަން ދެއްވާނެ ކަމުގެ ޔަޤީންކަން ފަސްޓް ލޭޑީ ވަނީ އެސޯސިއޭޝަންގެ މެންބަރުންނަށް ދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ގާލް ގައިޑް އެސޯސިއޭޝަން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ