ހެލްތު އެސްޓަބްލިޝްމަންޓް މެނޭޖްމަންޓް ސިސްޓަމް، ފަސްޓްލޭޑީ ސާޖިދާ މުހައްމަދު އިފްތިތާހްކޮށްދެއްވައިފިއެވެ.
ސާޖިދާ މި ސިސްޓަމް އިފްތިތާހުކޮށްދެއްވީ ދުނިޔޭގެ ބަލިމީހުންގެ ރައްކާތެރިކަމަށް މަސައްކަތްކުރާ ދުވަހުގެ ރަސްމީ ޖަލްސާގައެވެ. މި ޖަލްސާގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް، ސިއްހީ ދާއިރާގެ އިސް ބައިވެރިން، މާލެ ގުރޫޕް އޮފް ހޮސްޕިޓަލްސް ގެ އިތުރުން ސިއްހީ ދާއިރާގައި ރާއްޖެއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ ޖަމިއްޔާތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި އިފްތިތާހު ކުރެވިގެން ދިޔަ ސިސްޓަމަކީ ރާއްޖޭގައި، ރަޖިސްޓްރީކޮށްގެން ހިންގާ ސިއްހީ ހިދުމަތްދޭ ތަންތަނާއި އެތަންތަނުގައި މަސައްކަތްކުރާ ފަންނުވެރިންނާއި އެތަންތަނަށް ހުއްދަދެވިފައިވާ ސިއްހީ ހިދުމަތް ފަސޭހަކަމާއި އެކީ ބަލާލެވޭގޮތަށް ފަރުމާކޮށްފައިވާ ލައިސެންސިން ސޮފްޓްވެއާ ސިސްޓަމެކެވެ. އަދި ދިވެހިރާއްޖޭގައި ޖޭ.ސީ.އައި. ޕޭޝަންޓް ސޭފްޓީ ޗެމްޕިއަންސް ތަމްރީންކުރުމުގެ ޕްރޮގްރާމް ވެސް އިފްތިތާހު ކޮށްދެއްވާފައިވެއެވެ.
މި ޖަލްސާގައި މި ސިސްޓަމާއި ޕްރޮގްރާމް އިފްތިތާހުކުރުމުގެ އިތުރުން ދުނިޔޭގެ ބަލިމީހުންގެ ރައްކާތެރިކަމަށް މަސައްކަތްކުރާ ދުވަހުގެ ޝިއާރާއިގުޅޭ ޕެނަލް ޑިސްކަޝަނެއް ކުރިއަށް ގެންގޮސްފައިވެއެވެ.
ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހު ފާހަގަކުރާ ބަލިމީހުންގެ ރައްކާތެރިކަމަށް މަސައްކަތްކުރާ ދުވަހަކީ ސިއްހީ ފަރުވާގެ ނިޒާމުގެ ތެރެއިން ފަރުވާގެ އިތުރުން ބަލިމީހާއަށް ދޭންވާ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މަސައްކަތް ކުރުމުގެ ގޮތުން ފާހަގަ ކުރާ ދުވަހެކެވެ. މި އަހަރުގެ ޝިއާރަކީ ’އަލަށް އުފަންވާ ކުދިންނާއި ހުރިހާ ކުޑަކުދިންގެ ރައްކާތެރިކަން، ބަލިމީހުންގެ ރައްކާތެރިކަން އެންމެފުރަތަމަ ފެށޭހިސާބު“ މިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މިނިސްޓްރީ އޮފް ހެލްތް