އަލަށް އުފަންވާ ކުދިންގެ ދުޅަހެޔޮކަމަށް އެކުއެކީގައި މަސައްކަތްކުރަން ޖެހޭ: ސާޖިދާ

Advertisement

އެންމެ ފަސް

Advertisement

އަލަށް އުފަންވާ ކުދިންގެ ދުޅަހެޔޮކަމަށް އެކުއެކީގައި މަސައްކަތްކުރަން ޖެހޭ ކަމަށާއި އެކަމަށް ގޮވާލައްވާ ކަމަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިފަދައިން ވިދާޅުވީ މިއަދު ހެނދުނު ދަރުމަވަންތަ ހޮސްޕިޓަލުގައި ބޭއްވުނު ނިއޯނޭޓަލް ނަރުހުންގެ ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފަސްޓްލޭޑީ ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގައި އުފަންވާ ކުދިންގެ ޞިއްޙަތާބެހޭ ދާއިރާގައި ވަރަށް ހިތްދަތި ކަންކަން ދިމާވެފައިވާކަން އެދާއިރާގެ ތާރީޚީ ލިޔުންތަކުން ހާމަވެއެވެ. އަދި މިހާރުވެސް މިދާއިރާއަށް އަވަސް ކުރިއެރުންތައް ބޭނުންވާ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

”ތަނާއި ޖާގަ، ތަކެއްޗާއި ވަސީލަތްތައް، އިންސާނީ ޤާބިލުކަމާއި ހުނަރު ބޭނުންވޭ. އަދި ކޮންމެ ދާއިރާއަކަށްބެލިއަސް ދުނިޔޭގެ ކުރިއަރާފައިވާ ޢިލްމާއި ޓެކްނޮލޮޖީ، އަލަށް އުފަންވާ ކުދިންގެ ފަރުވާއާ ގުޅިފަވާ ޚާއްސަ ޢިލްމީ ޓެކްނޮލޮޖީތައް ބޭނުންވޭ“ ކަމަށް ފަސްޓްލޭޑީ ވިދާޅުވިއެވެ.

މީގެއިތުރުން، ދުނިޔޭގެ ތަރައްޤީވެފައިވާ ސިއްޙީ ނިޒާމުތަކާ ފައިހަމަކުރުމަށް އަބަދުވެސް މަސައްކަތްކުރަން ޖެހޭކަން ފާހަގަކުރައްވައި، މިފަދަ ކޮންފަރެންސްތަކުގައި ކުރެވޭ މަޝްވަރާތަކުގެ ސަބަބުން، ރާއްޖޭގައި އެފަދަ ކަންކަން ތަންފީޒުކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ކޮންފަރެންސްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ފަސްޓްލޭޑީގެ އިތުރުން މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މި ކޮންފަރެންސްގައި އާ ހިޔާލުތަކާއެކު މުހިންމު މަޝްވަރާތައް ކުރިއަށް ގެންދެވޭނެ ކަމަށް ފަސްޓްލޭޑީ އުންމީދު ފާޅުކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އައިޖީއެމްއެޗް މިނިސްޓްރީ އޮފް ހެލްތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ