ތައުލީމު ހާސިލު ކުރުމުގެ ނަސީބަކީ ބޮޑު ނިއުމަތެއް، އެއީ ނިމޭނެ ދަތުރެއް ނޫން: ފަސްޓް ލޭޑީ

Advertisement

އެންމެ ފަސް

Advertisement

ތައުލީމު ހާސިލުކުރުމުގެ ނަސީބަކީ ބޮޑު ނިއުމަތެއް ކަމަށާއި، ތައުލީމު ހާސިލު ކުރުމުގެ ދަތުރަކީ ނިމޭނެ ދަތުރެއް ނޫން ކަމަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

މެޑަމް ސާޖިދާ މިފަދައިން ވިދާޅުވީ އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ސާނަވީ ދަރިވަރުންގެ އަހަރީ އިނާމު ދިނުމަށް ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. އެ ރަސްމިއްޔާތުގައި މެޑަމް ސާޖިދާ ވިދާޅުވީ ތައުލީމު ހާސިލުކުރުމަށް ލިބިފައިވާ ނަސީބަކީ ބޮޑު ނިއުމަތެއް ކަމަށެވެ. އަދި އެ ކަމުގައި ބޮޑު ޒިންމާއެއްވެސް އޮންނަ ކަމަށެވެ.

ތައުލީމު ހާސިލުކުރުމުގެ ދަތުރަކީ ނިމޭނެ ދަތުރެއް ނޫން ކަމަށާއި ދުރަށް ދިޔަވަރަށް އެކަން ފެންނާނެ ކަމަށް ވިދާޅުވި އެވެ. އެކަމަށްޓަކައި ދަރިވަރުން ވިސްނަންޖެހޭކަން ފާހަގަކުރައްވައި ސާޖިދާ ވިދާޅުވީ ދިވެހި ޤައުމަށް ފާރަވެރިވެ، އަޚްލާޤް ރަނގަޅު، މަސައްކަތްތެރި، ހީވާގި، އަދި ދުނިޔެއަށް ލޯހުޅުވިފައިވާ ދިވެއްސަކަށް ވުމަށް ދަރިވަރުންގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ.

ސާޖިދާ ވިދާޅުވީ މުސްލިމު ދިވެއްސެއްގެ ގޮތުގައި ދަރިވަރުން ބިނާކުރެވޭކަން ކަށަވަރުކުރެވޭނީ ގޭތެރެއިން ފެންނަ ނަމޫނާތަކާއި، އަމަލުކުރެވެމުންދާ ހެޔޮލަފާ، ރީތި، ގޮތްތަކުން ކަމަށެވެ. އެހެންކަމުން ގޭތެރެއިންނާއި ވެށީގެ ތެރެއިންވެސް އެކަން ކަށަވަރުކޮށްދެއްވުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ ފަރާތުން އެދިވަޑައިގެންނެވި އެވެ.

މީގެއިތުރުން މެޑަމް ސާޖިދާ ވިދާޅުވީ އަހްމަދިއްޔާ ސްކޫލު އުފެދިގެން މިއަދާ ހަމައަށް ދެމިއޮތުމުގައި ޖަމާޢަތުގެ ގުޅުމާއި، ބެލެނިވެރިންގެ އެއްބައިވަންތަކަމާއި، އެކަކުއަނެކަކަށް އޮތް ހެޔޮއެދުމުގެ ރޫޙުގެ މުހިންމުކަމަށެވެ. އަދި އަހްމަދިއްޔާ ސްކޫލަކީ، ދިވެހި ތަޢުލީމީ ދާއިރާގައި ވަޅުލެވުނު ކުޑަ އޮށަކުން ހެދިބޮޑުވެ، ޤައުމަށް ޢިލްމީ ޚިދުމަތްތައް ފޯރުކޮށްދެމުން އަންނަ ސްކޫލެއްކަމަށް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ