މަތިވެރީ އާއި ރިނބުދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރަތްކުރަނީ

Advertisement

އެންމެ ފަސް

Advertisement

އއ. މަތިވެރީ އާއި ދ. ރިނބުދޫގައި 500 މީހުންގެ ޖާގައިގެ ބޮޑު މިސްކިތެއް އިމާރަތްކުރުމުގެ މަސައްކަތް ދެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީން މަޢުލޫމާތު ދިންގޮތުގައި މަތިވެރީގައި އިމާރާތްކުރާ މިސްކިތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ކޭ އެންޑް އެފް ހޯލްޑިންގްސްއާ އެވެ. އަދި ރިނބުދޫގައި އިމާރާތްކުރާ މިސްކިތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އަފާމީ މޯލްޑިވްސްއާ އެވެ.

މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި މިހާރުވަނީ ސޮއިކޮށްފަ އެވެ.

މިނިސްޓްރީން މަޢުލޫމާތު ދިންގޮތުގައި މި ދެ މިސްކިތަކީވެސް ޒަމާނީ ވަސީލަތްތަކާއެކު އިމާރާތްކުރެވޭ މިސްކިތްތަކެކެވެ. މިގޮތުން މިސްކިތުގައި ނަމާދުކުރާ ސަރަހައްދުގެ އިތުރުން ލައިބްރަރީއާއި ކްލާސްރޫމެއް ހިމެނޭނެ އެވެ.

އޭގެއިތުރުން މި ދެ މިސްކިތުގައި ސޯލާ ނިޒާމް ޤާއިމްކުރެވި، އޭސީ ކުރެވިފައި ހުންނާނެކަމަށްވެސް މިނިސްޓްރީން ހާމަކޮށްފައިވެ އެވެ. މިއީ ތިމާވެށްޓާ ރައްޓެހި އަދި ހަކަތައިގެ ޚަރަދު ކުޑަ މިސްކިތްތަކަކަށް ވެގެންދާނެ އެވެ.

އއ. މަތިވެރި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ދ. ރިނބުދޫ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ