އަރަބިއްޔާގެ ކުރީގެ އިމާރާތް ހުސްކުރަނީ ތަޅާލުމަށް

Advertisement

އެންމެ ފަސް

Advertisement

ޗާންދަނީ މަގުގައި ހުރި އަރަބިއްޔާ ސްކޫލް ހިންގި އިމާރާތް ތަޅާލުމަށްޓަކައި އެ އިމާރާތް ހުސްކުރުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.

2013 ވަނަ އަހަރު ބޭނުންކުރަން ފެށި މި އިމާރާތުގެ ތަނބުތަކުގައި ބޮޑެތި ރެނދުތައް ފެނިފައިވުމާއެކު، އެތަނުގައި ދަރިވަރުން ކިޔެވުން ރައްކާތެރި ނޫން ކަމަށް ކަނޑައަޅައި، 2023 ވަނަ އަހަރުގެ ޖެނުއަރީ މަހު އެހެން ތަނަކަށް ބަދަލުކުރެވުނެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ، އިމާރާތް ވަރަށް ބޮޑަށް ބާވެފައިވުމާއި، ތަނބުތަކުގައި ރެނދުލާފައިވުމުން ކޮންސްޓްރަކްޝަން މިނިސްޓްރީގެ އެންގުމާ އެއްގޮތަށް އިމާރާތް ހުސްކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެތަނުން މުދާ ހުސްކުރުމަށްޓަކައި އެތަނުގައި ހިންގަމުން އައި ސްކައުޓް އޮފިސްވެސް ހުސްކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ދަރިވަރުން ބަދަލުކުރުމަށްފަހު، އެ އިމާރާތުގެ އެއްބައި ބޭނުންކުރަމުން އައީ އިލެކްޝަން ކޮމިޝަނާއި އެޑިޔުކޭޝަން މިނިސްޓްރީގެ މުދާ ބަހައްޓާ ގުދަނެއްގެ ގޮތުގަ އެވެ. އަދި އަނެއްބައި ބޭނުންކުރަމުން އައީ ސްކައުޓް އެސޯސިއޭޝަނާއި ކެޑޭޓް އޮފީސް ހިންގުމަށެވެ.އަންނަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އެ އިމާރާތުގައި ހުރި ހުރިހާ މުދަލެއް ހުސްކުރަން ވަނީ އަންގާފަ އެވެ.

ގާތްގަނޑަކަށް 900 އެއްހާ ދަރިވަރުން ކިޔަވަމުންދާ އަރަބިއްޔާ ސްކޫލަށް ދާއިމީ އިމާރާތެއް ނެތުމުގެ މައްސަލައަށް ހައްލެއް ގެނައުމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ ކުރީގެ ކުނިކޮށި ހުރި ބިމުގައި އާ އިމާރާތެއް އެޅުމުގެ މަސައްކަތް ފަށާފަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ