ފްލެޓްތަކެއްގެ ތަޅުދަނޑި މާދަމާ ހަވާލު ކުރަނީ

Advertisement

އެންމެ ފަސް

Advertisement

ކުރީ ސަރުކާރުން ފެށި ބޯހިޔާވަހިކަމުގެ މަޝްރޫއުއެއް ކަމުގައިވާ ’ގެދޮރުވެރިޔާ‘ ސްކީމުގެ ދަށުން ގާއިމްކޮށްފައިވާ ފްލެޓްތަކެއްގެ ތަޅުދަނޑި މާދަމާ ހަވާލުކުރާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބުނެފިއެވެ.

އެފްޑީސީ އިން ބުނި ގޮތުގައި، އެންމެ ފުރަތަމަ ތަޅުދަނޑި ހަވާލުކުރާނީ އަމާން އުދަރެސްގެ 14 ވަނަ ޓަވަރުގެ ފްލެޓްތަކަށް ކަމަށާއި، މި ފްލެޓްތައް ހަވާލުކުރެވޭނީ ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ނަން ފޮނުއްވާފައިވާ މީހުންގެ ތެރެއިން އެއްބަސްވުމުގައި ސޮއިކޮށް، ސެކިއުރިޓީ ޑިޕޮސިޓް ދައްކާ ނިމިފައިވާ ފަރާތްތަކަށް ކަމަށް ބުނެފައިވެއެވެ.

އަމާން އުދަރެސް 14 ހުންނަނީ ހުޅުމާލެ ފޭސްދޭއްގެ ބޮޑު މަގު (ނިރޮޅު މަގު) އަށްވާގޮތަށެވެ.

ފްލެޓްތަކަށް ބަދަލުވުމުގައި ޢަމަލުކުރަންޖެހޭ އުސޫލުތަކާ ގުޅޭގޮތުން އެފްޑީސީން ބުނެފައިވަނީ، ބޮޑެތި ސާމާނު ގެންދިއުމަށް ޕޯޓަލް މެދުވެރިކޮށް ކިއު ނަންބަރެއް ނަގަންޖެހޭނެ ކަމަށެވެ. ނަމަވެސް އަތުން ހިފައިގެން ގެންދެވޭވަރުގެ ކުދި ސާމާނު ގެންދިއުމަށް ވަކި ކިއު ނަންބަރެއް ނަގާކަށް ނުޖެހޭނެއެވެ.

’ގެދޮރުވެރިޔާ‘ ސްކީމުގެ ދަށުން ދޫކުރާ ފްލެޓްތަކުގެ ކުއްޔަށް ބަލާއިރު، 3 ކޮޓަރީގެ ފްލެޓަކަށް 13,000 ރުފިޔާ އަދި 2 ކޮޓަރީގެ ފްލެޓަކަށް 9,000 ރުފިޔާ ކަނޑައަޅާފައިވާއިރު، ގަވާއިދުން ކުލި ދައްކާ ފަރާތްތަކަށް ސަބްސިޑީ ދިނުމަށް ސަރުކާރުން ނިންމާފައިވެއެވެ. މިގޮތުން 3 ކޮޓަރީގެ ފްލެޓްތަކުގެ ކުލި 9,000 ރުފިޔާއަށް އަދި 2 ކޮޓަރީގެ ފްލެޓްތަކުގެ ކުލި 7,000 ރުފިޔާއަށް ކުޑަކުރުމަށް ވަނީ ނިންމާފައެވެ.

ފްލެޓްތަކަށް ޑިޕޮސިޓްގެ ގޮތުގައި 2 ކޮޓަރީގެ ފްލެޓްތަކަށް 15,000 ރުފިޔާ އަދި 3 ކޮޓަރީގެ ފްލެޓްތަކަށް 25,000 ރުފިޔާ އެއްފަހަރާ ދައްކަންޖެހޭނެ ކަމަށް އެފްޑީސީން ފާހަގަކޮށްފައިވެއެވެ. ނަމަވެސް، ޑިޕޮސިޓް ދެއްކުމަށް ވަކި މުއްދަތެއް ކަނޑައަޅާފައެއް ނުވާކަން ފާހަގަކުރެވެއެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަން ގެދޮރުވެރިޔާ ސްކީމް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ