ފްލެޓްތައް ހަވާލުކުރިތާ ހަފްތާއެއް ނުވަނީސް، ކުއްޔަށްދޭން އިޢުލާންކުރަން ފަށައިފި

Advertisement

އެންމެ ފަސް

Advertisement

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ގާއިމް ކޮށްފައިވާ ހައުސިން ޔުނިޓްތައް ލިބުނު ފަރާތްތަކަށް އެ ހައުސިން ޔުނިޓްތައް ހަވާލުކޮށް ނުނިމެނީސް ފްލެޓްތައް ކުއްޔަށް ދޫކުރަން އިސްތިހާރު ކުރަން ފަށައިފި އެވެ.

މި ސްކީމުގެ ދަށުން ގާއިމް ކުރި 4000 ހައުސިން ޔުނިޓްތެރެއިން އެންމެ ފުރަތަމަ ހަވާލުކޮށްފައިވަނީ އަމާން އުދަރެސްގެ 14 ވަނަ ޓަވަރުގެ ހައުސިން ޔުނިޓުތަކެވެ. މި ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރަން ފެށީ މިދިޔަ މަހުގެ ފަހު ކޮޅުގަ އެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަނުން ދައުލަތުގެ މީޑިއާ ޕީއެސްއެމަށް މައުލޫމާތު ދިން ގޮތުގައި 62 މީހަކާ މިހާތަނަށް ތަޅުދަނޑި ހަވާލުކޮށްފައިވެ އެވެ. މިހާތަނަށް ހަވާލުކުރި ތަންތަނުގެ ތެރެއިން ބައެއް ފްލެޓްތައް ފޮޓޯއާއެކު މިހާރު ކުއްޔަށްދޭން މީސްމީޑިޔާގައި އަދި އެހެން ބައެއް ޕްލެޓްފޯމްތަކުގައި އިއުލާނު ކޮށްފައިވެ އެވެ. އެގޮތުން ތިން ކޮޓަރީގެ ފްލެޓެއް 25،000 ރުފިޔާ އަށް ކުއްޔަށް ދޭން އިޝްތިހާރެއް ޖަހާފައިވެ އެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ފްލެޓްތަކުގެ ކުއްޔަށް ބަލާއިރު، 3 ކޮޓަރީގެ ފްލެޓަކަށް 13،000 ރުފިޔާ އަދި 2 ކޮޓަރީގެ ފްލެޓަކަށް 9،000 ރުފިޔާ ކަނޑައަޅާފައިވާއިރު، ގަވާއިދުން ކުލި ދައްކާ ފަރާތްތަކަށް ސަބްސިޑީ ދިނުމަށް ސަރުކާރުން ނިންމާފައިވެ އެވެ. މިގޮތުން 3 ކޮޓަރީގެ ފްލެޓްތަކުގެ ކުލި 9،000 ރުފިޔާއަށް އަދި 2 ކޮޓަރީގެ ފްލެޓްތަކުގެ ކުލި 7،000 ރުފިޔާއަށް ކުޑަކުރުމަށް ވަނީ ނިންމާފަ އެވެ.

ފްލެޓް ލިބުނު މީހުންނާއި އެފްޑީސީއާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ފްލެޓްތައް ކުއްޔަށް ދޫކުރުމަކީ މަނާކަމެކެވެ. އެއީ، ފްލެޓް އަތުލެވިދާނެ ކަމެއް ކަމަށް އެއްބަސްވުގައިވާކަން ފާހަގަކޮށްލެވެ އެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ