ފަހުގެ ތާރީހެއްގަ އެންމެ ގިނަ ސިއްހީ ހިދުމަތްތެރިން މަސައްކަތަށް ނެރުނީ މި ސަރުކާރުގަ: މިނިސްޓަރ ނާޒިމް

Advertisement

އެންމެ ފަސް

Advertisement

މި ސަރުކާރަށް މިވީ މުއްދަތުގެ ތެރޭގައި، ފަހުގެ ތާރީހެއްގައި، ސިއްހީ ދާއިރާއަށް މުވައްޒަފުން ނުހޯދޭހާ މިންވަރަށް، މުވައްޒަފުން ހޯދާ، ހިދުމަތަށް ނެރެފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިފަދައިން ވިދާޅުވީ ދުނިޔޭގެ ބަލިމީހުންގެ ރައްކާތެރިކަމަށް މަސައްކަތްކުރާ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. މި ޖަލްސާގައި ނާޒިމް ވިދާޅުވީ ސަރުކާރުން އެންމެ އިސްކަމެއްދޭ އެއްކަމަކީ ސިއްހީ ހިދުމަތް ފުޅާކޮށް އެ ހިދުމަތުގެ ފެންވަރު ރަނގަޅު ކޮށް ބަލި މީހުންގެ ރައްކާތެރިކަން ކަށަވަރު ކުރުން ކަމަށެވެ.

”ފަހުގެ ތާރީހެއްގައި ސިއްހީ ދާއިރާއަށް މުވައްޒަފުން ނުހޯދޭހާ މިންވަރަށް އަދުގެ ސަރުކާރަށް މިވީ މުއްދަތުގެ ތެރޭގައި މުވައްޒަފުން ހިދުމަތަށް ވަނީ ނެރެފައި. އެގޮތުން ރަށްރަށުގެ ސިއްޙީ ޚިދުމަތް ކުރިއެރުވުމަށް 400 އަށްވުރެ ގިނަ މުވައްޒަފުން ވަނީ ހޯއްދަވައިދެއްވާފައި، މާލެ ސަރަޙައްދަށް 500 އަށްވުރެ ގިނަ މުވައްޒަފުން ހޯއްދަވައިދެއްވާފައިވޭ.“ ނާޒިމް ވިދާޅުވިއެވެ.

ބަލިމީހުންގެ ރައްކތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ މި އިފްތިތާހުކުރެވުނު ލައިސެންސިން ސޮފްޓްވެއާއަކީ މިގޮތުން ކުރެވިގެންދިޔަ މުހިންމު މަސައްކަތެއް ކަމަށެވެ. އަދި ޕޭޝަންޓް ސޭފްޓީ ޗެންޕިއަންސް ޓްރެއިނިން ޕްރޮގްރާމް އިފްތިތާހުކުރުމާއި، ޕޭޝަންޓް ސޭފްޓީ ޕާތްވޭގެ މަސައްކަތްތައް ފަށައިގެން ކުރިއަށްގެންދިއުމަކީ މުހިންމު ކަމެއްކަމަށް ވެސް ވިދާޅުވިއެވެ.

ދުނިޔޭގެ ބަލިމީހުންގެ ރައްކާތެރިކަމަށް މަސައްކަތްކުރާ ދުވަހުގެ ރަސްމީ ޖަލްސާގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމްގެ އިތުރުން ސިއްހީ ދާއިރާގެ އިސް ބައިވެރިން، މާލެ ގުރޫޕް އޮފް ހޮސްޕިޓަލްސް ގެ އިތުރުން ސިއްހީ ދާއިރާގައި ރާއްޖެއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ ޖަމިއްޔާތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ދުވަހުގެ މި އަހަރުގެ ޝިއާރަކީ ’އަލަށް އުފަންވާ ކުދިންނާއި ހުރިހާ ކުޑަކުދިންގެ ރައްކާތެރިކަން، ބަލިމީހުންގެ ރައްކާތެރިކަން އެންމެފުރަތަމަ ފެށޭހިސާބު‘ މިއެވެ.

ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް މިނިސްޓްރީ އޮފް ހެލްތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ