ސޫޒަން މަޓާޓޯ ދޫކޮށްލައިފި، އައު ސީއީއޯއެއް ހޯދަނީ

Advertisement

އެންމެ ފަސް

Advertisement

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓަރސް (މަޓާޓޯ)ގެ ސީއީއޯ އައިމިނަތު ސޫޒަން އިސްތިއުފާ ދެއްވައިފި އެވެ.

މަަޓާޓޯއިން ބުނި ގޮތުގައި ސޫޒަންގެ ލީޑަޝިޕްގެ ދަށުން އެ އެސޯސސިއޭޝާންއަށް ގިނަ ކުރިއެރުންތަކެއް ހޯދަން މަގުފަހިވި އެވެ. މީގެ ތެރޭގައި މަޓާޓޯގެ އައު ލޯގޯއާއި ވެބްސައިޓް އަދި ރޯދަ ކުއިޒް ފަދަ ކަންކަން ހިމެނެ އެވެ. އަދި ސޫޒަންގެ ބުރަ މަސައްކަތުން ސިނާއަތުގައި މަޓާޓޯގެ ދައުރު ވަރުގަދަވެ، ކުރިއަށް އޮތް އަހަރުތަކަށް ވަރުގަދަ ބިންގަލެއް އެޅުނު ކަމަށް މަޓާޓޯއިން ފާހަގަކުރެއްވި އެވެ.

މަޓާޓޯގެ ސީއީއޯގެ މަގާމަށް ސޫޒަން އައްޔަންކުރެއްވީ މިއަހަރުގެ ޖެނުއަރީ 27 ވަނަ ދުވަހު އެވެ. އޭގެ ކުރިން ސޫޒަން ވަނީ ހޮޓެލްސް އެންޑް ރިޒޯޓް ކޮންސްޓްރަކްޝަން ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަން ކުރައްވާފަ އެވެ. އަދި މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި)ގެ ފުރަތަމަ އަންހެން އެގްޒެކެޓިވް ބޯޑު މެންބަރުގެ ގޮތުގައިވެސް މަސައްކަތް ކުރައްވާފައިވެ އެވެ.

ސޫޒަންގެ އިސްތިއުފާއާ ގުޅިގެން މަޓާޓޯއިން ވަނީ އޭނާގެ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި އައު ސީއީއޯއެއް ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެ އެސޯސިއޭޝަނުން މައުލޫމާތު ދެއެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓަސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ