ސައުދީގެ ޔުނިވާސިޓީ އަކުން ރާއްޖޭގެ އިސްލާމީ ލައިބްރަރީތަކަށް ފޮތް ހަދިޔާ ކޮށްފި

Advertisement

އެންމެ ފަސް

Advertisement

ސަޢުދީ އަރަބިއްޔާގެ އަލް އިމާމު މުޙައްމަދު އިބްނު ސަޢުދު އިސްލާމިކް ޔުނިވާސިޓީ އިން ދިވެހިރާއްޖޭގެ އިސްލާމީ ލައިބްރަރީތަކަށް ފޮތް ހަދިޔާކޮށްފިއެވެ.

އެ މިނިސްޓްރީ އިން މައުލޫމާތު ދިން ގޮތުގައި އެ ޔުނިވާސިޓީ އިން ހަދިޔާ ކޮށްފައިވަނީ 64،000 ފޮތެވެ. އަދި ފޮތްތައް ހަދިޔާކުރީ އެކަމަށްޓަކައި މިއަދު އިސްލާމީ މަރުކަޒުގައި ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައެވެ.

މި ރަސްމިއްޔާތުގައި އެ ޔުނިވާސިޓީގެ ފަރާތުން ފޮތްތައް ހަވާލުކޮށްދެއްވީ ދިވެހިރާއްޖެއަށް ކަނޑަޅުއްވާފައި ހުންނަވާ ސަޢުދީ ސަފީރު ހިޒް އެކްސެލަންސީ ޔަޙްޔާ ހަސަން އަލްޤަހްތާނީ އާއި އެ ޔުނިވާސިޓީގެ ޑިރެކްޓަރ  ޑރ. ޞާލިޙް ބިން ސުލައިމާން އަލް ޢަރަޖާއެވެ. މި ފޮތްތަކާއި މިނިސްޓްރީގެ ފަރާތުން ހަވާލުވެލެއްވީ އިސްލާމީކަންތައްތަކާ ބެހޭ މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރު ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އިމާމް މުޙައްމަދު ބިން ސަޢޫދު އިސްލާމިކް ޔުނިވަރސިޓީއަށާއި، އެޔުނިވާރސިޓީގެ ފަރާތުން ރާއްޖޭގައި ޤާއިމްކޮށްފައިވާ އިންސްޓިޓިއުޓް އޮފް އިސްލާމިކް އެންޑް ޢަރަބިކް ސައިންސްއިން މި އަގުހުރި ހަދިޔާއަށްޓަކައި އިޚްލާޞްތެރި ޝުކުރާއި ތަޢުރީފު ދަންނަވާ ކަމަށެވެ. އަދި ސަޢުދީ ސަރުކާރުން ދިވެހިރާއްޖެއާއި މެދު ބަހައްޓަވާ ގާތްކަމަށްޓަކައި ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްއަށާއި ވަލީއަޙުދު މުޙައްމަދު ބިން ސަލްމާނަށާއި، ސަޢުދީ ސަރުކާރަށާއި ދިވެހިރާއްޖޭގައި ހުންނަ ސަޢުދީ އެމްބަސީގެ އިސްވެރިންނަށް ޝުކުރު އަދާކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި އެ ޔުނިވާސިޓީގެ ފަރާތުން ދެއްވި ދީލަތި އެހީގެ އަގުވަޒަންކޮށް މިނިސްޓްރީގެ ފަރާތުން ހާއްސަ ހަނދާނީ ލިޔުމެއް އަރުވާފައިވެއެވެ.

ރާއްޖެ - ސައުދީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ