ނަގޫރޯޅިއެއް އަރައި މަރަދޫ ފޭދޫ އަށް ބޮޑެތި ގެއްލުންތަކެއް

Advertisement

އެންމެ ފަސް

Advertisement

އައްޑޫ ސިޓީ މަރަދޫ ފޭދޫ އަށް މިއަދު ނަގޫރޯޅިއެއް އަރައި ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

’ޖަވިޔަނި‘ އަށް މައުލޫމާތދެމުން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއޭ) އިން ބުނީ މިއަދު ހެނދުނު މަރަދޫ ފޭދޫ ގެ މެދުތެރެއަށް ނަގޫރޯޅިއެއް އެރިކަމަށް ކައުންސިލުން މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި ހަ ގެއެއްގެ ފުރާޅު އެއްލާލާފައިވާކަމަށްވެސް ކައުންސިލުން މައުލޫމާތު ދީފައިވާ ކަމަށް އެންޑީއޭ އިން ބުންޏެވެ.

ފުރާޅު އެއްލާލި ގެތަކަކީ މީހުން ދިރިއުޅޭ ގެތަކެއް ކަމަށާއި ލިބުނު ގެއްލުންތަކާއި ބޭނުންވާ އެހީތެރިކަން ދެނެގަތުމުގެ މަސައްކަތް އެ ކައުންސިލުން ކުރަމުންދާ ކަމަށް ވެސް އެންޑީއޭއިން ބުންޏެވެ.

އެންޑީއޭ އިން ވަނީ މި ހާދިސާއާ ގުޅޭ އިތުރު މައުލޫމާތު ލިބެމުންދާ ވަރަކަށް އާންމުންނާ ހިއްސާކުރަމުން ގެންދާނެ ކަމަށް ބުނެފައެވެ. އަދި ގެއްލުން ލިބުނު ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށްވެސް އެންޑީއޭއިން ބުންޏެވެ.

އައްޑޫ ސިޓީ ކައުންސިލް މޯލްޑިވްސް ނޭޝަނަލް ޑިޒާސްޓާރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ