އައްޑޫ 115: 4 ޖެހުމާއެކު ވޯޓު ފޮށިތައް ބަންދުކުރަން ފަށައިފި

Advertisement

އެންމެ ފަސް

Advertisement

އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނަގާ އާންމު ވޯޓުގައި ހަވީރު 4 ޖެހުމާއެކު ވޯޓު ފޮށިތައް ބަންދުކުރަން ފަށައިފި އެވެ.

އައްޑޫ ސިޓީ ކައުންސިލް އުފެދިފައިވާ ގޮތަށް ބަދަލު ގެނައުމަށް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ ޤާނޫނުއަސާސީގެ 115 ވަަނަ މާއްދާގެ (ޏ) އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ޤާނޫނުގެ 4 ވަނަ މާއްދާގެ (ށ) އިން ލިބިދޭ އިޚްތިޔާރުގެ ދަށުންނެވެ.

މިއަދު ހެނދުނު 8 ޖެހިއިރު ވޯޓުލުން ފަށާފައިވާއިރު، 4 ޖެހުމާއެކު ވޯޓު ފޮށިތައް ބަންދުކުރަންވަނީ ފަށާފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި 4 ޖެހިއިރު ބައެއް ވޯޓުފޮށިތައް ކައިރީ ކިޔުގައި މީހުން ތިބުމުން ކިޔުތައް ވަނީ ބަންދުކޮށްފަ އެވެ. އަދި 4 ޖެހުމާހަމައަށް ކިޔުއަށް އެރި މީހުންނަށް ވޯޓުލުމުގެ ފުރުސަތު ލިބޭނެ އެވެ.

އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ، ވޯޓު ފޮށި ބަންދުކުރާ ވަގުތުން ފެށިގެން 30 މިނިޓު ފަހުން ވޯޓު ގުނުމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ 3 ޖެހުމާއި ހަމައަށް ވޯޓުލާފައިވަނީ 3410 މީހުން ކަމަށެވެ. އެއީ 1715 އަންހެނުންނާއި 1695 ފިރިހެނުންނެވެ. މިއީ ވޯޓުލެވޭ އާބާދީގެ %35.61 މީހުންނެވެ.

އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދީފައިވާގޮތުގައި، މި އާންމު ވޯޓުގައި ފޭދޫގެ 4،355 މީހުންނަށާއި، މީދޫގެ 2،347 މީހުންނަށާއި، އަދި ހުޅުދޫގެ 2،874 މީހަކަށް، ވޯޓުލުމުގެ ހައްޤު ލިބިފައިވެ އެވެ. މި އާންމު ވޯޓުގައި ޖުމުލަ 18 ވޯޓު ފޮށި ބަހައްޓާފައިވެ އެވެ. އެއީ ހުޅުދޫގައި 3 ފޮށި، މީދޫގައި 3 ފޮށި، ފޭދޫގައި 5 ފޮށި އަދި މާލޭގައި 7 ފޮއްޓެވެ. މާލޭގައި ވޯޓުފޮށިތައް ބަހައްޓާފައިވަނީ، ކަލާފާނު ސްކޫލްގަ އެވެ.

އައްޑޫ ސިޓީ އައްޑޫ ސިޓީ ކައުންސިލް އިލެކްޝަންސް ކޮމިޝަން (އީސީ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ