ހުޅުމާލޭގައި ހިއްކަމުން ދާ ސަރަހައްދުން އުޅަނދުތައް ނަގަން ފަހު މުއްދަތު ދީފި، ނުނަގައިފިނަމަ އެޗްޑީސީން ނަގާނެ

Advertisement

އެންމެ ފަސް

Advertisement

ހުޅުމާލެ ފޭސް 3 އަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ކުރަމުންދާ ސަރަހައްދުގައި އަޅާފައިވާ ކަނޑު އުޅަނދުތައް ނެގުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެންމެ ފަހު މުއްދަތު ދީފި އެވެ.

އެޗްޑީސީ އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ މި އުޅަނދުތައް ނަގަން އެކި ފަހަރު މަތިން މުއްދަތު ދިނުމުންވެސް ގިނަ އުޅަނދުތަކެއް ނުނަގާ ހުރިކަން ފާހަގަ ކުރެވޭ ކަމަށެވެ. އަދި ނޮވެމްބަރު 9 ވަނަ ދުވަހު ކުރި އިއުލާނުގައި މި އުޅަނދުތައް ނެގުމަށް ފަހު އެ އުޅަނދުފަހަރުތައް ތިލަފުށި، ގުޅީފަޅު އަދި ކުޑަގިރިން ކަނޑައަޅާފައިވާ ސަރަހައްދުތަކުގައި އެޅުމުގެ ފުރުސަތު ފަހިކޮށްދީފައިވާކަން އެޗްޑީސީން ވަނީ ފާހަގަކޮށްފަ އެވެ.

ޗާޓުގައި ފާހަގަކޮށްފައިވާ ސަރަހައްދުން އުޅަނދުތައް ނެގުމަށް އެޗްޑީސީން ވަނީ އަންގާފަ.

އެޗްޑީސީން ބުނީ އެ ކޯޕަރޭޝަނުން ބެލި ބެލުމުން ގިނަ އަދަދެއްގެ އުޅަނދުތަކެއް ދީފައިވާ މުއްތަދުގައި އެ ސަރަހައްދުން ނަގާފައި ނުވާ ކަމަށެވެ. އަދި އެޗްޑީސީގެ ޗާޓުގައިވާ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ނޮވެމްބަރު 22، 2025 ގެ ކުރިން އެ ސަރަހައްދުން ނެގުމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ.

22 ނޮވެމްބަރު 2025، 15:30 ގެ ފަހުން މި އިއުލާނުގައިވާ ޗާޓުގައި ފާހަގަކޮށްފައިވާ ސަރަހައްދުން ބިން ހިއްކުމުގެ މަސައްކަތަށް ހުރަސްއެޅޭ ގޮތަށް އަޅާފައިވާ އުޅަނދުތަކުގެ ތެރެއިން ވެރިފަރާތުން ނުނަގާ އުޅަނދުތައް މި ކޯޕަރޭޝަނުން ނަގާނެ ވާހަކަ ދަންނަވަން.

އެޗްޑީސީން ބުނީ އެ އުޅަނދުތައް އެ ކޯޕަރޭޝަނުން ނަގާ އިރު ލިބޭ އެއްވެސް ގެއްލުމަކަށް އެ ކޯޕަރޭޝަނުން ޒިންމާ ނުވާނެ ކަމަށެވެ.

އެޗްޑީސީން ވަނީ ފޭސް 3 ހިއްކުމުގެ މަސައްކަތް އަވަސް މުއްދަތެއްގެ ތެރޭގައި ނިންމުމަށް އެ ކޯޕަރޭޝަނުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކޮށް އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ނެގުމަށް ގިނަ މުއްދަތުތަކެއް ދެވިފައިވާކަންވެސް ފާހަގަކޮށްފަ އެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ