އެމްއޭސީއެލްގެ ދަށަށް ގެނެވުނު ޑޮމެސްޓިކް އެއާޕޯޓްތައް ހަރުދަނާކުރުމުގެ މަސައްކަތް ފަށައިފި

Advertisement

އެންމެ ފަސް

Advertisement

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހަވާލުވެފައިވާ ރާއްޖޭގެ ޑޮމެސްޓިކް އެއާޕޯޓްތަކުގެ ހާލަތު ދެނެގަނެ، ހަރުދަނާކުރުމުގެ މަސައްކަތް ފަށައިފި އެވެ.

އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު އިސްކޮށް ހުންނަވައިގެން ކުރިއަށްގެންދާ މި މަސައްކަތުގެ ދަށުން، ކުންފުނީގެ އެކްސްކޯގެ ބޭފުޅުންނާއި ޓެކްނިކަލް ޓީމުން އަލަށް ހަވާލުވެފައިވާ ނުވަ ޑޮމެސްޓިކް އެއާޕޯޓަށް ޒިޔާރަތްކޮށް، އެ އެއާޕޯޓްތަކުގެ ހާލަތު ބަލައި ދެނެގަތުމުގެ މަސައްކަތް ކުރިއަށްދާނެ އެވެ.

މި މަސައްކަތުގެ ތެރެއިން މިހާތަނަށް އެމްއޭސީއެލްގެ އެކްސްކޯގެ ބޭފުޅުންނާއި ޓެކްނިކަލް ޓީމުން ވަނީ ފުވައްމުލަކު އެއާޕޯޓަށް ޒިޔާރަތްކޮށް، އެތަނުގެ ހާލަތު ބަލައި، އެއާޕޯޓުގައި މަސައްކަތްކުރާ މުވައްޒަފުންނާ ބައްދަލުކޮށްފަ އެވެ. މި ދަތުރުގައި އެއާޕޯޓް ހަރުދަނާކުރުމަށް ކުރަންޖެހޭ މުހިންމު ކަންކަން ވަނީ ފާހަގަކުރެވިފަ އެވެ.

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރުއޭސީއެލް) ގެ ދަށުން ހިންގަމުން އައި އެއާޕޯޓުތައް އެމްއޭސީއެލްގެ ދަށަށް ގެނަން ސަރުކާރުން ނިންމި ނިންމުމާއެކު މިދިޔަ މަހު ވަނީ އެ އެއާޕޯޓުތަކުގެ އޮޕަރޭޝަންތައް އެމްއޭސީއެލްގެ ދަށަށް ބަދަލުކޮށްފަ އެވެ.

މި ބަދަލާއެކު، އެމްއޭސީއެލްއިން ވަނީ އެ އެއާޕޯޓްތައް އިތުރަށް ތަރައްޤީކޮށް ހަރުދަނާކުރުމަށް ޚާއްޞަ އިސްކަމެއް ދޭނެކަމަށް ބުނެފަ އެވެ. އަދި މި މަސައްކަތްތަކުގެ ސަބަބުން ރާއްޖޭގެ ޑޮމެސްޓިކް އެއާޕޯޓްތަކުގެ ޚިދުމަތްތައް އިތުރަށް ރަނގަޅުވެގެންދާނެ ކަމަށް އެމްއޭސީއެލްއިން ބުނެ އެވެ.

ރީޖަނަލް އެއާޕޯޓްސް ކޮމްޕަނީ ލިމިޓެޑް (އާރްއޭސީއެލް) އެމްއޭސީއެލް އެމްއޭސީއެލްގެ އެމްޑީ އިބްރާހިމް ޝަރީފް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ