ތ. ވިލުފުށީގައި އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާ ގޮތް، އެމްއޭސީއެލް (އެމްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރ (އެމްޑީ) އަދި ޗީފް އެގްޒެކިޓިވް އޮފިސަރ (ސީއީއޯ) އިބްރާހިމް ޝަރީފް އުމަރު ބައްލަވާލައްވައިފި އެވެ.
އެމްއޭސީއެލުން ދެއްވާފައިވާ މައުލޫމާތުތަކަށް ބަލާއިރު، ޝަރީފް ވަނީ އެ ރަށަށް ޒިޔާރަތް ކުރައްވައި، ބިން ހިއްކުމުގެ މަސައްކަތް ހިނގާ ނިސްބަތް ގާތުން ބައްލަވާލައްވާފަ އެވެ. އަދި މި މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތުތައް ވެސް ޝަރީފް ވަނީ ހޯއްދަވާފަ އެވެ.
ވިލުފުށީގައި އެއާޕޯޓު އެޅުމަކީ އެ ރަށުގެ ރައްޔިތުންނަށް ދިގު އިންތިޒާރެކެވެ.

މި މަޝްރޫޢު ނިންމާނެ ވަކި މުއްދަތެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ކަނޑައަޅުއްވާފަ އެވެ. ވިލުފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ، އެ އެއާޕޯޓުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ދެ އަހަރާއި ބައިގެ ތެރޭގައި ނިންމައި ހުޅުވާނެ ގޮތަށް ކަމަށެވެ.
ވިލުފުށި އެއާޕޯޓު ތަރައްގީކޮށް ހިންގުމުގެ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހުގަ އެވެ. މި މަޝްރޫޢުގެ ދަށުން 1800 މީޓަރުގެ ރަންވޭއަކާއެކު ޓާމިނަލް ބިލްޑިންގާއި ފަޔާ ބިލްޑިންގާއި އަދި އެނޫންވެސް އެއާޕޯޓަކަށް ބޭނުންވާ ހުރިހާ ވަސީލަތެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
އެމްއޭސީއެލް އެމްއޭސީއެލްގެ އެމްޑީ އިބްރާހިމް ޝަރީފް ތ. ވިލިފުށި
