26 ހާސް ޓަނުގެ ފެން ރައްކާކުރާ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތް މި އަހަރު ފެށޭނެ: މަތީން

Advertisement

އެންމެ ފަސް

Advertisement

މާލޭގައި 26،000 ޓަނުގެ ފެން ރައްކާކުރެވޭނެ ނިޒާމު ގާއިމު ކުރުމުގެ އަމަލީ މަސައްކަތް މިއަހަރުތެރޭގައި ފެށޭނެ ކަމަށް މޯލްޑިވްސް ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދު ވިދާޅުވެއްޖެއެވެ.

މަތީން މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ޕްރޮގްރާމްއެއްގައި ވާހަކަ ދައްކަވަމުންނެވެ. މަތީން ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު މާލެ ސަރަހައްދަށް ކަނޑައެޅުއްވި ލަނޑުދަނޑިތައް ހާސިލްކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް އެމްޑަބްލިއުއެސްސީން ކުރަމުންދާ ކަމަށެވެ. އެގޮތުން ފެން އުފެއްދޭ މިންވަރު އިތުރުކުރުމާއި ފެން ރައްކާކުރެވޭ މިންވަރު އިތުރު ކުރުމާއި، ފެން ފޯރުކޮށްދިނުމުގައި އެ ކުންފުނީގެ ވަސީލަތްތައް ހަރުދަނާކުރުންފަދަ ހުރިހާ ކަމެއް، ގޮންޖެހުންތަކާއި އެކުގައިވެސް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން އެކަންކަން ހާސިލްކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް މަތީން އަލި އަޅުއްވާލެއްވި އެވެ. އެގޮތުން މަތީން ވިދާޅުވީ މާލޭގައި ފެން ރައްކާ ކުރުމަށް ބޭނުން ކުރާ ވަސީލަތްތަކަކީ ވަރަށް ދުވަސްވެފައިހުރި ތަންތަނާއި ތަކެތި ކަމަށެވެ. ވުމާއެކު މާލޭގައިވެސް އިންފްރާސްޓްރަކްޗާ ރަނގަޅުވެގެން އަންނަން ޖެހޭ ކަމަށް ވިދާޅުވި އެވެ. އަދި މާލޭގައި 13 ހާސް ޓަނުގެ ދެ ތާނގީ ބެހެއްޓުމުގެ މަސައްކަތް ކުރަމުން އަންނަތާ ދުވަސްކޮޅެއް ވެފައިވާ ކަމަށް ވެސް މަތީން ވިދާޅުވިއެވެ.

”މާލޭގަ މި 13 ހާސް ޓަނުގެ ދެ ތާނގީއެއް ބެހެއްޓުމުގެ މަސައްކަތް ކުރަމުން އަންނަތާ ދުވަސްކޮޅެއް ވެއްޖެ. އިރާދަކުރެއްވިއްޔާ މާލޭގައި 13 ހާސް ޓަނުގެ ދެ ތާނގީ، ޖުމްލަ 26 ހާސް ޓަނުގެ ފެން ރައްކާކޮށްފައި ހުރުމުގެ ގާބިލުކަން އިތުރުކުރުމަށް ކުރެވޭ މި މަސައްކަތުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް 2 މަހެއްހާ ދުވަހުގެ ތެރޭގައި ފެށިގެންދާނެ. އޭގެ މާނައަކީ މި އަހަރުގެ ތެރޭގައި އޭގެ އަމަލީ މަސައްކަތް ހިނގައިގަންނާނޭ.“ މަތީން ވިދާޅުވިއެވެ.

މި މަސައްކަތް ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ނިމޭނެކަން ފާހަގަކުރައްވައި މަތީން ވިދާޅުވީ މި މަސައްކަތްތައް މުޅިން ނިމުމުން މިހާރު ހުރި ތާނގީތަކުގެ އާބާތުރަ ފިލުވައި ކުރަން ހުރި ކަންކަން ކުރުމަށް ވަރަށް ބޮޑަށް މަގުފަހިވެގެންދާނެކަމަށެވެ.

ހުޅުމާލޭގައި މި އަހަރުތެރޭގައި ބޭނުން ކުރަންފެށި 10،000 ޓަނުގެ ފެން ތާނގީ ގެ މަޝްރޫއުއަށް އަލިއަޅުއްވާލައްވައި މަތީން ވިދާޅުވީ އެ މަޝްރޫއުއަކީވެސް ފެން ރައްކާކުރުމަށް ކުރިއަށް އެޅުނު ފިޔަވަޅެއް ކަމަށެވެ.

އެމްޑަބްލިއުއެސްސީ އެމްޑަބްލިއުއެސްސީގެ އެމްޑީ އަބްދުލް މަތީން މުހައްމަދު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ