އެމްޑަބްލިއުއެސްސީން މިހާރު އެންމެ އިސްކަމެއްދެނީ ޑޮލަރުން އާމްދަނީ ލިބޭނެ ދާއިމީ ހައްލެއް ހޯދަން: މަތީން  

Advertisement

އެންމެ ފަސް

Advertisement

މޯލްޑިވްސް ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ ބޯޑާއި މެނޭޖްމެންޓުން މިހާރު އެންމެ އިސްކަމެއް ދެނީ ޑޮލަރުން އާމްދަނީ ހޯދުމުގެ ދާއިމީ ހައްލެއް ގާއިމް ކުރުމަށް ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން މަތީން ވިދާޅުވީ، ކުންފުނިން ޑޮލަރުން އާމްދަނީ ހޯދުމަށް ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރަން ފަށާފައިވާ ކަމަށެވެ. އަދި ފާއިތުވި 30 އަހަރު ދުވަހު ކުންފުންޏަށް ޑޮލަރުން އާމްދަނީ ލިބޭނެ ނިޒާމެއް ގާއިމް ކުރެވިފައި ނެތުމުން، ކުންފުންޏަށް ބޭނުންވާ ޑީސަލާއި އެހެނިހެން ސާމާނު ހޯދުމަށް ދަތިތަކާ ކުރިމަތިވަމުންދާ ކަމަށް ފާހަގަކުރެއްވިއެވެ.

މި މައްސަލަ ހައްލުކުރުމަށް އެމްޑަބްލިއުއެސްސީން މިހާރު ފޯކަސްކުރާ މައިގަނޑު ދެ ދާއިރާއެއްގެ ތެރޭގައި، ޓޫރިސްޓް ރިސޯޓުތަކާއި ހޮޓާތަކުން ޚިދުމަތުގެ ފީ ޑޮލަރުން ދެއްކުމަށް އެގްރީމަންޓް ހެދުން ހިމެނެއެވެ. ”މާލެ އާއި މާފުށި ސަރަހައްދުގައި ހުރި ޓޫރިސްޓް ފެސިލިޓީތަކާއެކު މިހާރު ވާހަކަ ދައްކަން ފަށާފައިވާނެ،“ މަތީން ވިދާޅުވިއެވެ.

އިތުރު ފުރުސަތުތަކުގެ ގޮތުގައި، އެމްޓީޑީސީއާ ގުޅިގެން ހދ. ނާގޯށީގައި ތަރައްގީކުރަމުންދާ ރިސޯޓު ޕްރޮޖެކްޓުގައި އެމްޑަބްލިޔުއެސްސީގެ ބައިވެރިވުން ހިމެނުމަށް މަޝްވަރާކުރަމުންދާ ކަމަށް މަތީން ހާމަކުރެއްވިއެވެ.

”ފެނާއި ނަރުދަމާގެ ނިޒާމު ޕްލޭން ކުރުމާއި، ޑިޒައިން ކުރުމާއި، އިމްޕްލިމެންޓޭޝަންގެ ތަޖުރިބާ ކުންފުންޏަށް ލިބިފައިވާތީ، މި ހުނަރުތައް ޓޫރިޒަމް ސެކްޓަރގެ ޑިވެލޮޕްމަންޓް ޕްރޮޖެކްޓުތަކުގައި ބޭނުންކޮށްގެން ޑޮލަރުން އާމްދަނީ ހޯދުމަކީ ވަރަށް ފުރިހަމަ ކަމެއް،“ މަތީން ވިދާޅުވިއެވެ. އަދި މި މަސައްކަތްތަކުގެ ނަތީޖާ ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ފެންނަން ފަށާނެ ކަމުގެ އުންމީދު އޮތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެމްޑަބްލިއުއެސްސީ އެމްޑަބްލިއުއެސްސީގެ އެމްޑީ އަބްދުލް މަތީން މުހައްމަދު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ