ނިލަންދޫގެ އާ ނަރުދަމާ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތް ފަށައިފި

Advertisement

އެންމެ ފަސް

Advertisement

ފ. ނިލަންދޫގައި ޤާއިމްކުރާ 69 މިލިއަން ރުފިޔާގެ އާ ނަރުދަމާ ނިޒާމުގެ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފި އެވެ.

މި މަޝްރޫގެ މަސައްކަތް ރަސްމީކޮށް ފައްޓާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިހާރު 4 ރަށަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ނިލަންދޫގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

މި މަޝްރޫގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބެވެ.

މި ރަސްމިއްޔާތުގައި ނިލަންދޫ ދާއިރާގެ މެންބަރު ފާޠިމަތު ސަޢުދާ، މާލެ ވޯޓަރ އެންޑް ސުވަރެޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ އެމްޑީ އަބްދުލް މަތީން މުޙައްމަދު އަދި ނިލަންދޫ ކައުންސިލްގެ ރައީސް ޢަލީ އަޙްމަދު ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

ދިވެހި ދައުލަތުގެ ބަޖެޓުން 69,327,865.84 ރުފިޔާގެ ޚަރަދުކުރާ މި މަޝްރޫއަކީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން، އެމްޑަބްލިއުއެސްސީއާ ޙަވާލުކޮށްގެން ކުރިޔަށްގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢު ނިންމުމަށް ދެވިފައިވަނީ 540 ދުވަހުގެ މުއްދަތެކެވެ.

މި މަޝްރޫގެ ދަށުން ކުރާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ނަރުދަމާ ހޮޅި އެޅުމާއި، ނަރުދަމާ ޕަންޕިންގ ސްޓޭޝަން ބެހެއްޓުމާއި، ނަރުދަމާ ޖަންކްޝަން ބެހެއްޓުމާއި އަދި އައުޓްފޯލް އެޅުމުގެ އިތުރުން މިކަމާ ގުޅުންހުރި އެހެނިހެން މަސައްކަތްތައް ހިމެނެ އެވެ.

މި މަޝްރޫ ނިމުމުން ނިލަންދޫގެ ރައްޔިތުންނަށް ޒަމާނީ ފެންވަރުގެ ނަރުދަމާގެ ޚިދުމަތް ލިބިގެންދާނެ އެވެ. މިއީ ސަރުކާރުން ރާއްޖޭގެ ރަށްތަކުގެ ނަރުދަމާގެ ނިޒާމު ޒަމާނީކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިންގާ މަޝްރޫ އެކެވެ.

ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެމްޑަބްލިއުއެސްސީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ފ. ނިލަންދޫ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ