ކޮންޓެންޓް ކްރިއޭޓަރުންނަށް 500،000 ރުފިޔާއާ ހަމައަށް ލޯނު ދޫކުރަން ފަށައިފި

Advertisement

އެންމެ ފަސް

Advertisement

ކޮންޓެންޓް ކްރިއޭޓަރުންނަށް ޚާއްސަ ލޯނު ސްކީމެއް އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ތަޢާރަފުކޮށްފައެވެ.

މި ސްކީމްގެ ދަށުން ޑިޖިޓަލް ކޮންޓެންޓް ކްރިއޭޓަރުންނާއި، އިންފްލުއެންސަރުން އަދި ވީޑިއޯގްރާފަރުންނަށް ރަހުނަކާ ނުލައި 150،000 ރުފިޔާއާ ހަމައަށް އަދި ރަހުނާއެކު 500،000 ރުފިޔާއާ ހަމައަށް ލޯނު ނެގުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

އެސްޑީއެފްސީގެ މެނޭޖިންގ ޑިރެކްޓަރު ބަދުރުއްދީން ހަސަން ވިދާޅުވި ގޮތުގައި، ކްރިއޭޓިވް އިކޮނޮމީއަކީ ދުނިޔޭގައި އެންމެ ހަލުވިކޮށް ކުރިއަރަމުން އަންނަ ދާއިރާތަކުގެ ތެރެއިން އެއް ދާއިރާއެވެ. ”މި ފައިނޭންސިން ފެސިލިޓީއާ އެކު، އަޅުގަނޑުމެން ބޭނުންވަނީ ކޮންޓެންޓް ކްރިއޭޓަރުންނާއި ފިލްމު އުފައްދާ ފަރާތްތަކާއި ޑިޖިޓަލް ކްރިއޭޓަރުންނަށް ދުނިޔޭގެ މަސްރަހުގައި ދިވެހިންގެ ކްރިއޭޓިވިޓީ ދައްކުވައިދިނުމަށް ބޭނުންވާ ވަސީލަތްތައް ލިބޭނެކަން ކަށަވަރުކުރުން،“ އޭނާ ވިދާޅުވިއެވެ.

މި ލޯނު ސްކީމްގެ ދަށުން އަހަރަކު 9.5 އިންސައްތައިގެ ފައިދާ ރޭޓެއްގައި، ގިނަވެގެން 5 އަހަރުގެ ތެރޭގައި ލޯނު އަނބުރާ ދެއްކުމުގެ ފުރުސަތު ލިބޭނެ އެވެ. އަދި 6 މަހަށް ވުރެ ދިގުނޫން ގްރޭސް ޕީރިއަޑެއްވެސް ހިމެނެ އެވެ. މި ލޯނުގެ ދަށުން އިކުއިޕްމަންޓް ހޯދުމާއި، ޕްރޮޑަކްޝަން ޚަރަދުތައް ހަމަޖެއްސުމާއި، ކްރިއޭޓިވް ވިޔަފާރި ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ޚަރަދުތައް ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

އެސްޑީއެފްސީން ބުނި ގޮތުގައި މި ލޯނަށް އެދި ހުށަހެޅުމަށް އެ ކުންފުނީގެ ވެބްސައިޓްގައި ހިމެނޭ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ކުރިމަތިލެވޭނެ އެވެ. މި ލޯނަކީ ރިޔާސީ މެނިފެސްޓޯގައި ހިމެނޭ، ކޮންޓެންޓް ކްރިއޭޓަރުންނަށް ލުއި ލޯނު ދިނުމުގެ ވައުދު ފުއްދުމަށް ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތުގެ ބައެކެވެ.

އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންްސް ކޯޕަރޭޝަން (އެސްޑީއެފްސީ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ