ފްލެޓުތައް ގާތްގަނޑަކަށް ނިމިއްޖެ، ކޮމާޝަލް ޔުނިޓްތައް ދޫކުރަނީ ޒަރޫރީ ހިދުމަތްތައް ލިބޭނެ ގޮތަށް: އެފްޑީސީ

Advertisement

އެންމެ ފަސް

Advertisement

ހުޅުމާލެ ފޭސް 2 ގައި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ގާއިމުކުރަމުންދާ 32 ޓަވަރުގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބުނެފިއެވެ.

އެފްޑީސީގެ ސައިޓް އިންޖިނިއަރު އަލީ މުހައްމަދު ވިދާޅުވި ގޮތުގައި މިހާރު ކުރިއަށްދަނީ އެކްސްޓަރނަލް މަސައްކަތްތަކެވެ. އެގޮތުން އެންބީސީސީގެ މަސައްކަތްތައް 90 ޕަސެންޓަށް ވުރެ މަތިން ނިމި، ކޭޕީއޭއެލްގެ މަސައްކަތްތައް 85 ޕަސެންޓަށް ނިމިފައިވާއިރު، މިހާރު ކުރިއަށްދަނީ އެމްޑަބްލިއުއެސްސީ އާއި ސްޓެލްކޯގެ ސަރވިސް ކަނެކްޝަންތަކުގެ މަސައްކަތްތަކެވެ.

އެފްޑީސީގެ ބިޒްނަސް ޑެވެލޮޕްމަންޓްގެ ސީނިއަރ އޮފިސަރ ފިޒްރާ ވިދާޅުވި ގޮތުގައި، ޓަވަރުތަކުގައި މީހުން އާބާދުވާން ފަށާއިރު، ކޮމާޝަލް ޔުނިޓްތައް ދޫކުރާނީ ޒަރޫރީ ޚިދުމަތްތައް ޓަވަރު ތެރެއިން ނުވަތަ ކައިރިން ލިބޭނެ ގޮތަށެވެ. މީގެ ތެރޭގައި ޑޭކެއަރ، ތަޢުލީމީ މަރުކަޒުތައް އަދި ގްރޯސަރީ ފަދަ ތަންތަން ހިމެނެއެވެ.

”ޕާކިންގއަށް ބަލާއިރު، ރައްޔިތުން އާބާދުވާން ފަށާއިރު ޓަވަރު އެތެރޭގައި ވާހަކަލްތައް ޕާކުކުރެވޭނެ އިންތިޒާމު ހަމަޖެހިފައި ހުންނާނެ،“ ފިޒްރާ ވިދާޅުވިއެވެ.

ފްލެޓްތަކުގައި މީހުން އާބާދުވާއިރު އެތަން ހުންނާނީ އެންމެ ފުރިހަމަ ގޮތުގައި ނިމިފައި ކަމަށް ފިޒްރާ ވިދާޅުވިއެވެ. ނަމަވެސް ފަރުނީޗަރާއި ކިޗަން ކެބިނެޓް ފަދަ ތަކެތި ނުހުންނާނެ ކަމަށާއި، މި ތަކެތި ގަތުމުގެ ފުރުސަތު އެފްޑީސީގެ ސަރވިސް މެދުވެރިކޮށް ލިބެން ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ގެދޮރުވެރިޔާ ސްކީމަކީ ކުރީގެ ސަރުކާރުން ފެށި ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ފްލެޓް ލިބޭ ފަރާތްތަކާ ހަވާލުކޮށް ސޮއިކުރުމުގެ މަސައްކަތް މިހާރު ވަނީ ބޮޑު ބައެއް ނިމިފައެވެ. އަދި މިމަހުގެ ތެރޭގައި މީހުން އާބާދުކުރުމުގެ މަސައްކަތްތައް ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަން ގެދޮރުވެރިޔާ ސްކީމް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ