މިއަހަރު އާމްދަނީއަށް 5 މިލިއަން، އަންނަ އަހަރު އަދި މިއަށްވުރެ އިތުރުވާނެ: ފަލާހު

Advertisement

އެންމެ ފަސް

Advertisement

މާލީ ބަޔާން ހާމަކުރިއިރު އާމްދަނީގެ ގޮތުގައި ލިބުނު ކަމަށް ޖަހާފައިވާ ފަސް މިލިއަން ރުފިޔާއަށްވުރެ، އަންނަ އަހަރު ލިބޭ އާމްދަނީ އިތުރުވާނެ ކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާންތައް މިއަދު އާންމުކޮށްފައިވާއިރު ފަލާހުއަށް އަހަރެއްގެ ތެރޭގައި އާމްދަނީގެ ގޮތުގައި ފަސް މިލިއަން ރުފިޔާ ލިބިފައިވާކަން ވަނީ ހާމަކޮށްފަ އެވެ.

އެގޮތުން 2024 މެއި 28 އިން 2025 މެއި 27 ގެ ނިޔަލަށް ރައްޔިތުންގެ މަޖިލީހުގެ މުސާރައިގެ ގޮތުގައި 990،000 ރުފިޔާ ލިބިފައިވާއިރު ކުންފުނިން ލިބޭ މުސާރައިގެ ގޮތުގައި މި މުއްދަތުގައި ފަލާހުއަށް 900،000 ރުފިޔާ ލިބިފައިވެ އެވެ. އަދި ގެދޮރު ކުއްޔަށްދީގެން ކުލީގެ ގޮތުގައި 3،276،000 ރުފިޔާ ލިބިފައިވާކަންވެސް އާންމުކޮށްފައިވެ އެވެ. މާލީ ބަޔާނުގައި ހާމަކޮށްފައިވާގޮތުން ފަލާހުގެ ނަމުގައި މާލޭގައި ގެޔެއް އަދި އިންނަމާދޫގައި ތިން ބިން އޮވެ އެވެ.

ފަލާހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއަންނަ އަހަރު އަދި މިއަށްވުރެ އާމްދަނީ އިތުރުވާނެ ކަމަށެވެ. އަދި އިންނަމާދޫއިން ގަނެފައި ރަޖިސްޓްރީ ބަދަލުވުމުގެ މަރްހަލާގައި 3 ގޯތިއެބައުޅޭ ކަމަށާއި ހުޅުމާލެއިން ގަތް ގޯތި ވެސް އުޅެނީ ރަޖިސްޓްރީ ބަދަލުކުރުމުގެ މަރުހަލާގައި ކަމަށް ވިދާޅުވި އެވެ.

”ވަރަށް ބެލިން މިފަހަރުގެ މާލީބަޔާނަށް ލެވޭވަރަށް ނިންމާލެވޭތޯ، ނަމަވެސް ވާގޮތެއްނުވި!“ ފަލާހު ވިދާޅުވި އެވެ.

ފަލާހު ވިދާޅުވީ މިވާހަކަތައް މިހާކުރިން ހިއްސާކުރީ ފަހަރެއްގައި މިއަންނަ އަހަރުގެ މާލީބަޔާން ނެރޭއިރު ނޫސްވެރިއަކު އާޝޯޚްވެގެން ”ކަނޑަށް ވެޓިދާނެތީ“ ކަމަށެވެ.

”ކުރީގެ ރައީސުންނާ ފަނޑިޔާރުން އަދި ޒިންމާދާރު މަޤާމުތަކުގައިތިބި ހުރިހާފަރާތްތަކާ އެފަރާތްތަކުގެ 18 އަހަރުނުފުރޭ ދަރިން އަދި އަނބިންގެ މާލީބަޔާން ހުށަހަޅަންޖެހޭ ގޮތައް ޤާނޫނުތަކަށް ބަދަލުގެނައުމަކީ ވަރަށް މުހިއްމުކަމެއް!“ ފަލާހު ވިދާޅުވި އެވެ.

ޤާނޫނުއަސާސީގެ 76 ވަނަ މާއްދާގައި ބުނެފައިވަނީ، ކޮންމެ މެންބަރަކުމެ ކޮންމެ އަހަރަކު އެއް ފަހަރު އެ މީހެއްގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި، ވިޔަފާރީގެ މަޞްލަޙަތުތަކާއި، އަރަންޏާއި ދަރަނި ހާމަކޮށް ތައްޔާރުކުރާ ބަޔާނެއް ރައްޔިތުންގެ މަޖިލީހުގެ އަމީންޢާންމަށް ހުށަހަޅާންވާނެ ކަމަށެވެ. އަދި މިގޮތުން ދޭ މަޢުލޫމާތުގައި އެ މީހަކު އަދާކުރާ އެހެން ވަޒީފާތަކާއި އެ ވަޒީފާތަކުގެ ޒިންމާތައް ހިމަނާންވާނެ ކަމަށްވެސް ބުނެފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައި ބުނެފައިވަނީ، މެންބަރުން ގެ މާލީ ބަޔާން ކޮންމެ މީލާދީ އަހަރެއްގެ އޮގަސްޓް މަހުގެ 31 ވަަނަ ދުވަހުގެ ކުރިން އަމީން އާންމަށް ހުށަހަޅަންވާނެ ކަމަށެވެ. އަދި މެންބަރުންގެ މުދަލާއި ފައިސާގެ ބަޔާން، އަނބިން ފިރިން އަދި 18 އަހަރު ނުފެރޭ ދަރުންގެ މާލީ ބަޔާން ނުހިމެނޭގޮތުން، މަޖިލީހުގެ ވެބްސައިޓްގައި ޝާއިއުކުރަންވާނެ ކަމަށްވެސް ބަޔާންކޮށްފައިވެ އެވެ.

ރައްޔިތުންގެ މަޖިލިސް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ