ސްޓޫޑެންޓު ލޯނަށް މި އަހަރު ކުރި ޚަރަދު މިދިޔަ އަހަރަށްވުރެ 120 މިލިއަން ރުފިޔާ ދަށްވެއްޖެ

Advertisement

އެންމެ ފަސް

Advertisement

ސަރުކާރުން ދޭ ސްޓޫޑެންޓު ލޯނަށް މި އަހަރު ކުރި ޚަރަދު މިދިޔަ އަހަރަށްވުރެ 120.7 މިލިއަން ރުފިޔާ ދަށްވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ފިނޭންސް މިނިސްޓްރީގެ ރިޕޯޓުގައިވާ ގޮތުން، މި އަހަރު ސްޓޫޑެންޓް ލޯނަށް ބަޖެޓުގައި ކަނޑައަޅާފައިވަނީ 768 މިލިއަން ރުފިޔާ އެވެ. ނަމަވެސް މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ސްޓޫޑެންޓް ލޯނަށް ޚަރަދުކޮށްފައިވަނީ 333.6 މިލިއަން ރުފިޔާ އެވެ.

ސެޕްޓެންބަރާ ހަމަޔަށް ބަލާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ސްޓޫޑެންޓް ލޯނަށް 454.3 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މި އަހަރު އެ މުއްދަތުގައި ދޫކޮށްފައިވަނީ 120.7 މިލިއަން ރުފިޔާ އެވެ.

ތައުލީމީ ދާއިރާގެ ޚަރަދުތައްވެސް ދަށަށް

ސްޓޫޑެންޓް ލޯނުގެ އިތުރުން ތައުލީމީ ދާއިރާއަށް ކުރާ ޚަރަދުތައްވެސް މި އަހަރު ވަނީ ދަށްވެފަ އެވެ. މިގޮތުން ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއަށް މި އަހަރަށް ކަނޑައެޅި 1.3 ބިލިއަން ރުފިޔާއިން މިހާތަނަށް ޚަރަދުކޮށްފައިވަނީ 654.4 މިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޚަރަދުކުރި 736 މިލިއަން ރުފިޔާއާ އަޅާބަލާއިރު 81.6 މިލިއަން ރުފިޔާގެ ދަށްވުމެކެވެ.

އެޑިއުކޭޝަން މިނިސްޓްރީއަށް ބަލާއިރު، މި އަހަރަށް ކަނޑައެޅި 4.4 ބިލިއަން ރުފިޔާގެ ބަޖެޓުން މިހާތަނަށް ޚަރަދުކޮށްފައިވަނީ 2.5 ބިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޚަރަދުކުރި 2.6 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 100 މިލިއަން ރުފިޔާގެ ދަށްވުމެކެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓްރީ އޮފް އެޑިޔުކޭޝަން މިނިސްޓްރީ އޮފް ފިނޭންސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ